އަދާލަތު ޕާޓީގެ ރައީސް، އިމްރާން އަބްދުﷲ

ސިޔާސީ މައިދާނުގައި އަދާލަތު ޕާޓީއަށް އެންމެ ފައިދާ ހުންނާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިފަދައިން ޓްވީޓްކުރައްވާފައި މިވަނީ ބަރުލަމާނީ އާއި ރިޔާސީ ނިޒާމާއި ގުޅޭ ބަހުސެއް ރާއްޖޭގައި އަނެއްކާވެސް ފެށިފައިވާ ދަނޑިވަޅެއްގައެވެ.

އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީއަށް އެންމެ ބޮޑަށް ފުރުސަތު ފަހިވަނީ ބަރުލަމާނީ ނިޒާމެއްގައި ނަމަވެސް ޕާޓީގެ މަސްލަހަތަށް ވުރެ އެ ޕާޓީގެ މެންބަރު އިސް ކުރާނީ ގައުމީ މަސްލަހަތުކަން ޔަގީންކުރައްވާ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީއަށް ފުރުސަތު އެންމެ ފަހި ވަނީ ބަރުލަމާނީ ނިޒާމެއްގައި. ނަމަވެސް ގައުމީ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރާކަށް އަދާލަތު ޕާޓީގެ މެންބަރުން އެއް ގޮތަކަށް ވެސް ނުރުހޭނެކަން އަޅުގަނޑަށް ޔަގީން،"

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާތީ އިމްރާން ވަނީ އެކަމަށް މީގެ ކުރިން ވެސް ފާޑުވިދާޅުވެފަ އެވެ.

އިމްރާން އޭރުވެސް ވިދާޅުވީ ބަރުލަމާނީއަކީ ރާއްޖެއަށް ފެތޭނިޒާމެއް ނޫންކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެނެސްގެން އެކަމުން ރައްޔިތުން ހާލުގައި ޖެހުން ފިޔަވައި ލިބޭނެ އިތުރު އެއްވެސް މޮޅެއް ނެތްކަމަށެވެ.

ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ނަޝީދުގެ ފަރާތުން ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި މެދު ގޮތެއް ނިންމުމަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެމްޑީޕީގެ ލީޑާޝިޕާއި އެހެން މެމްބަރުން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.

ބަރުލަމާނީއާ ގުޅޭ ޤަރާރެއް ހުށަހަޅުއްވަން ރައީސް ނަޝީދު ނިންމެވިޔަސް، ޤަރާރު އަނބުރާ ގެންދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެގަރާރާއި ދެކޮޅެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.