މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސްގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސާފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސްގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ޚައްސަ ހަފްލާގައެވެ.

މިހަފްލާގައި އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކޮމްސް ނޫރާ އިބްރާހިމް ޒާހިރުއެވެ. އަދި ބްރޯޑްކޮމްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ދިނުމަށް ނިންމާފައިވާ، "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022" ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓައި އަދި ގައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، އެ ސިނާއަތުގެ ތަރައްގީއަށް މަގުފަހިކޮށް ހިތްވަރުދިނުމުގެ ގޮތުން،  ތަޢާރްފްކުރި އެވޯޑެކެވެ.

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސްގައި އެވޯޑު ދިނުމަށް ނިންމާފައިވަނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ ޕްރޮޑަކްޝަން, ނޫސްވެރިކަމުގެ ދާއިރާ އަދި އިންޑަސްޓްރީއަށް ދޭ އެވޯޑުތަކެވެ. ކޮންމެ ދާއިރާއަކުން ވެސް ވަކިވަކި އެވޯޑުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ޕްރޮޑަކްޝަން އެވޯޑުތައް

  • އެންމެ މޮޅު ޑޮކިއުމެންޓަރީ ޕްރޮގްރާމް – ޗެނަލް
  • އެންމެ މޮޅު ޑޮކިއުމެންޓަރީ ޕްރޮގްރާމް – އަމިއްލަ
  • އެންމެ މޮޅު ކަރަންޓް އެފެއާޒް ޕްރޮގްރާމް
  • އެންމެ މޮޅު މުނިފޫހިފިލުވުމުގެ ޕްރޮގްރާމް
  • އެންމެ މޮޅު ކުޑަކުދިންގެ ޕްރޮގްރާމް
  • އެންމެ މޮޅު ޑޭޓައިމް ޕްރޮގްރާމް
  • އެންމެ މޮޅު ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް
  • އެންމެ މޮޅު ކުޅިވަރު ޕްރޮގްރާމް
  • އެންމެ މޮޅު ތިމާވެށި ޕްރޮގްރާމް
  • އެންމެ މޮޅު އުފެއްދުންތެރި ޕްރޮގްރާމް – ޗެނަލް
  • އެންމެ މޮޅު އުފެއްދުންތެރި ޕްރޮގްރާމް – އަމިއްލަ
  • އަހަރުގެ އިޖުތިމާއީ ޕްރޮގްރާމް – ޗެނަލް
  • އަހަރުގެ އިޖުތިމާއީ ޕްރޮގްރާމް – އަމިއްލަ
  • އަހަރުގެ އެންމެ މޮޅު ޕްރޮގްރާމް, އިޖުތިމާއީ ކެމްޕެއިން
  • އަހަރުގެ އެންމެ މޮޅު ޕްރޮގްރާމް, މާކެޓިން ކެމްޕެއިން

ނޫސްވެރިކަމުގެ އެވޯޑުތައް

  • އެންމެ މޮޅު ނިއުސް އެންކަރު
  • އެންމެ މޮޅު ނޫސްވެރިޔާ
  • އެންމެ މޮޅު ޕްރޮގްރާމް ޕްރެޒެންޓަރު
  • އެންމެ މޮޅު ކެމެރާ ޕާސަން
  • އެންމެ އުންމީދީ ނޫސްވެރިޔާ

އިންޑަސްޓްރީ އެވޯޑުތައް

  • ބެސްޓް ބްރޯޑްކާސްޓިން ޗެނަލް (ޓީވީ, ރޭޑިއޯ)
  • ބެސްޓް އިންކްލޫސިވް ބްރޯޑްކާސްޓަރު (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދޭ މިންވަރު)
  • އެންމެ އުފެއްދުންތެރި ޗެނަލް
  • ބްރޯޑްކާސްޓިން ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަށް ދޭ އެވޯޑު
  • ރީބްރޯޑްކާސްޓިން ހިދުމަތުގެ އެވޯޑު, ރީބްރޯޑްކާސްޓަރު މުޅި ރާއްޖެ
  • ރީބްރޯޑްކާސްޓިން ހިދުމަތުގެ އެވޯޑު, ރީބްރޯޑްކާސްޓަރު މާލެ ސަރަހައްދު
  • ރީބްރޯޑްކާސްޓިން ހިދުމަތުގެ އެވޯޑު, ރީބްރޯޑްކާސްޓަރު ވަކިވަކި ރަށްރަށަށް
  • ރީބްރޯޑްކާސްޓިން ހިދުމަތުގެ އެވޯޑު, ރީބްރޯޑްކާސްޓަރު ރިސޯޓް/ ހޮޓެލް

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.