ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ތާއީދު ވެސް އޮތީ ރިޔާސީ ނިޒާމަށްކަން ހާމަކުރައްވައިފިއެވެ.

ޝާހިދު ތާާއީދު ކުރައްވާ ނިޒާމް ފުރަތަމަ ފަހަރަށް ހާމަކުރައްވާފައި މިވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވާފައިވަނިކޮށެވެ.

ޝާހިދު މިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދަަޅުވެފައިވަނީ ރިޔާސީ ނިޒާމުގެ މައިގަނޑު ސިފަތަކެވެ.

ޝާހިދު ވަނީ އޭނާ ތާއީދު ކުރައްވަނީ އެ ސިފަތައް އޮންނަ ނިޒާމަކަށް ކަމަށް ވިދާޅުވިއެވެ.

‏އަޅުގަނޑު ތާއީދުކުރަނީ ރައްޔިތުންގެސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެވެރިޔާހޮވުމަށް. ޤާނޫނު ހެދުމުގެބާރާއި ސަރުކާރު ޒިންމާދާރުކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް. އަދުލުއިންސާފު ގާއިމްކުރުން ފަނޑިޔާރު ގޭގައި އޮތުމަށް. ޤާނޫނަށް ބޯލެނބުމުގެ ސިފަ ވެރިންގެ ކިބައިގައިހުރުމަށް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެމަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށްކަން ހާމަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.