ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމެއް ފަރަށް އަރާ ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީި އެ ޕްލެޓްފޯމް ފަރަށް އެރިކަމުގެ ރިޕޯޓް ވިލިމާލޭ ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 14:25 ހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހުން ވިލިމާލޭ ގެންގޮސްފައިވާކަމަށާއި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ. ތިލަ މާލެ ބްރިޖް މަޝްރޫއަކީ އިންޑިއާގެ އެފް ކޮންސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ ބިޔަ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެއާއި ތިލަފުއްޓާ ގުޅީފަޅު ގުޅާލުމަށް ހަމަޖެހިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.