ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު. ފޮޓޯ: އަވަސް

ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ތާއިދު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާހިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ އަށް ދެއްވި ފޯން އިންޓަރވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނަށް ޕާސަނަލީ ގަބޫލުކުރައްވަނީ މިހާރު މި އޮތް ރިޔާސީ ނިޒާމު ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ތާއީދުކުރެއްވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތަކުން ހޮވޭ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުމަށް ކަމަށެވެ. އަދި އެގޮތަށް ތާއީދުކުރައްވާ ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރައްޔިތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮތުމާއި، މިނިވަންކަމާއެކީގައި ޝަރީއަތްކުރެވޭ ގޮތަށް ޖުޑިޝަރީ އޮތުން ކަމަށެވެ. އަދި ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އެމަނިކުފާނު ގަބޫލުކުރާ ނިޒާމު ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް ގަބޫލުކުރެވޭ ގޮތުގައި މިހާރު އޮތް ގަރާރަކީ އަދި މިއޮތްގޮތަށް ކޮންގްރެސްއަށް ހުށަހަޅައިގެން ބަހުސްކޮށްގެން ވޯޓާ ހިސާބަށް ދާވަރަށްވުރެ މާ ޅަފަތުގައި އޮތް ގަރާރެއް ކަމަށެވެ. އެމަނިކުފާނު ވަނީ މިގަރާރު އަނބުރާ ނެންގެވުމަށް އިލްތިމާސް ކުރައްވާފައެވެ.

އަޅުގަނޑުގެ އިލްތިމާސަކީ މި ގަރާރު އަނބުރާ ނެންގެވުން. އަނބުރާ ނަންގަވާފައި މިކަމާއި ދޭތެރޭގައި ވިސްނުންގެންގުޅުއްވާ ފަރާތްތަކުން ރައްޔިތުންގެ ކައިރިއަށްދާންވީ. ގޭގެއަށްވެސް ދާންވީ. ޕްލެޓްފޯމްތަކުގައި ވާހަކަދައްކަވަންވީ. ހޮޅުއަށިތަކުގައި ވާހަކަދައްކާ ބަހުސްކުރަންވީ.

ކޯލިޝަނަކާއެކު ވެރިކަމުގައި 4 އަހަރު ފުރިހަމަވެފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ އެމަނިކުފާނުވީ ވައުދުތައް ފުއްދުމުގައި އިރާދަކުރެއްވިއްޔާ ކުރިއަށްގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެހެންވީމާ ނިޒާމުގައި އޮތް މައްސަލައެއްކަމަށް އަޅުގަނޑަށް މުޅިއަކުން ނުފެނޭ. އެހެންވީމާ އަޅުގަނޑުގެ އެދުމަކީ އަދި އިލްތިމާސަކީ ކޮންގްރެސްއަށް ގަރާރު ހުށަހަޅައިގެން ބަހުސަކަށް ދިއުމުގެ ބަދަލުގައި މި ވިތްޑްރޯ (އަނބުރާ ގެންދިއުން) އެއީ އެންމެ ރަނގަޅު ގޮތް ކަމަށް.

ރައީސް ވިދާޅުވީ މިހާރު މި އޮތް ނިޒާމްގެ ތެރޭގައި ހުރީ ކޮން މައްސަލަތަކެއް ކަމާއި ނުކުރެވިގެން އުޅެނީ ކޮންކަމެއްކަން ކިޔައިދޭންވާނެ ކަމަށާ އަދި މިހާރު ގެންނަން އުޅޭ ބަދަލުގެ ތެރޭގައި ފައިދާއެއް އޮތްނަމް އެވެސް ކިޔައިދެއްވަން ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ގަރާރު ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށާ އަދި ކޮންގްރެސްގެ ތެރެއިން މި ފާސްވެގެންދާތަން ވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.