ޝިއާއުގެ ހަށިގަނޑު ފެނުނު ގެ ހުންނަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތަކެއް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާތީ އެ ފޮޓޯތަކަކީ ފުލުހުންގެ ފަރާތުން ލީކްވި ފޮޓޯތަކެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭ. ނަމަވެސް، ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި، ލީކު ކޮށްފައިވޭތޯ  އިތުރަށް މި ގެންދަނީ ބަލަމުން"

ފުލުހުން  މިހެން ބުނެފައިވަނީ މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޝިއާއުގެ ފޮޓޯތަކަކާއި ގުޅިގެން މީޑިއާއިން ސުވާލުކުރުމުންނެވެ.

އަދި އެ ފޮޓޯ ތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި، ތަހުގީގުގައި ބޭނުންކުރަމުން ގެންދާ ފޮޓޯތަކެއް ނޫން ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ފޮޓޯ ތަކަކީ އަނިޔާވެރިކަން ފެންނަ، ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެފަދަ ފޮޓޯތަކަކަށް ވުމާއެކު، އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް ފުލުހުން އެދިފައިވެއެވެ.

ރަހުމުކުޑަ ގޮތަށް މާލޭގައި ހިންގި އެންމެ ބޮޑު މަރުގެ ހާދިސާގައި ޏ. ފުވައްމުލައް ސިޓީ، މާދަނޑު، ކުރި ޝިއާއު މުހައްމަދު (22އ) މާރާލާފައިވަނީ ހ. ޝީރީން ވިލާގޭގެ ނުވަ ވަނަ ފަންގިފިލާގައެވެ.

އޭނާގެ ގާތިލު ކަމަށް ޝައްކު ކުރެވޭތީ ކުށުގެ ވެށިން ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ، ފިނިފެންމާގެ އަލީ ޝާހިލް (22އ) އެވެ.

މި އަނިޔާވެރި އަމަލު ހިންގާފައިވަނީ 6 އޮގަސްޓްގެ ރޭގަނޑު އިރާކޮޅުގެ ވަގުތެއްގައެވެ. ޝިއާއުގެ ހަށިގަނޑުގެ އިންޑިއާއަށް ފޮނުވައިގެން ޕޯސްޓް މޯޓަމް ހެދުމަށްފަހު 14 އޮގަސްޓްގައި ވަނީ ޏ. ފުވައްމުލައް ސިޓީގައި ވަޅުލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.