ހުޅުމާލެ ފޭސް 2 ގައި ހުޅުވި ޒުވާނުންގެ މަރުކަޒުގައި މިނިސްޓަރ މަހްލޫފް އާއި އެޗްޑީސީގެ އެމްޑީ ސުހައިލް

ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓްގައި ޒުވާނުންގެ މަރުކަޒެއް ހުޅުވައިފިއެވެ.

ހިޔާ ޓަވަރު 10 ގައި، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ގާއިމުކުރި މި ޒުވާނުންގެ މަރުކަޒަކީ ޒުވާނުން ޝައުގުވެރިވާ ފަދަ ކުޅިވަރުތައް ކުޅެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ތަނެކެވެ. އެގޮތުން ކެރެމް، ޓޭބަލް ޓެނިސް، ޓޭބަލްޓޮޕް ފުޓްބޯލް އަދި ތާސް  ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު އެތަނުގައި ހަމަޖައްސާފައިވެއެވެ.

މި ޒުވާނުންގެ މަރުކަޒު ހުޅުއްވައިދެއްވީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފެވެ. މަހްލޫފު ވިދާޅުވީ އެ ތަނުންދޭ ހިދުމަތްތައް ކުރިޔަށް އޮތްތަނުގައި ފުޅާ ކުރައްވާނެ ކަމަށެވެ.

 

ފޭސް 2 ގެ އާބާދީ އިތުރުވަމުން ދާއިރު،އިޖުތިމާއީ ފުރުސަތުތައް އިތުރުކުރުމަށް ނައިބު ރައީސް އަދި ސޯޝަލް ކައުންސިލްގެ ރައީސް ފައިސަލް ނަސީމުގެ އިރުޝާދާއެކު، ގާއިމްކުރެވުނު ޔޫތު ސެންޓަރެއް  އިރާދަކުރެއްވިއްޔާ މިފަދަ އިރުތު ފުރުސަތުތައް ހޯދައިދޭނަން."

މި ރަސްމިއްޔާތުގައިއެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު އާއި ޔޫތު މިނިސްޓްރީގެ އިސްވެރިންނާއި އެޗްޑީސީގެ ބައެއް ވެރިން ބައިވެރިވެލެއްވިއެވެ. އަދި ބައެއް ކުޅިވަރުތަކުގައި ބައިވެ އެ މަރުކަޒުގެ ހިދުމަތް ތަޖްރިބާ ކުރެއްވިއެވެ.

މި ޒުވާނުންގެ މަރުކަޒު ފަރުމާ ކޮށްފައިވަނީ ކުޑަކުދިންނާއި ޒުވާނުންނާއި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބޭނުން ހިފޭ ގޮތަށެވެ.

މިއީ ހިޔާ ފްލެޓްތަކުގައި އުޅޭ ރައްޔިތުންނަށް ހިތްފަސޭހަ  މާހައުލެއް ހޯދައިދިނުމަށް އެޗްޑީސީ އާއި ގުޅިގެން ޔޫތް މިނިސްޓްރީން ކުރި މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.