ތިލަފުށީގައި ބަނގުރަލާއި ބިޔަރު ފުޅިތަކެއް ނައްތާލުން - ފޮޓޯ: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބިޔަރާއި ބަނގުރާ ތަކެއް ނައްތާލައިފިއެވެ.

އެގޮތުން ނައްތާލާފައިވަނީ 225.7 ލީޓަރުގެ ބަނގުރާ ފުޅިތަކާއި 6763 ލީޓަރުގެ ބަނގުރާ ޕެކެޓް ތަކަކާއި  ބަނގުރާ އެކުލެވޭ  1708.9 ލީޑަރުގެ ބިޔަރު ފުޅިތަކެވެ.

މިތަކެތި ނައްތާލާފައިވަނީ 14 އޮގަސްޓްގައި ކ. ތިލަފުށީގައި  ކުނި ނައްތާލާ ސަރަހައްދުގައެވެ.

މި ތަކެތި ނައްތާލީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން  ނުވަތަ މީނޫންވެސް ސަބަބަކާ ހުރ ނައްތާލުމުގައި ކަސްޓަމްސްގެ ކަސްޓަމްސް އިން އަމަލު ކުރާ އުސޫލުގެ ދަށުން ނެވެ.

ކަސްޓަމްސްއިން ބުނީ އެކި ސަބަބުތަކާހުރ ކަސްޓަމްސްގައި ހިފެހެއްޓީފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވޭނެ ކަމަށް ކަސްޓަމްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.