އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން (ކ) އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (ވ) | ފޮޓޯ: މިހާރު

ބަރުލަމާނީ ނިޒާމަކީ މި ރާއްޖެއާ އެކަށީގެންވާ ނިޒާމެއް ނޫން ކަމަށް އެ ނިޒާމު ގެނެސްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިރޭ ވިދާޅުވީ ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމް ގެނެސްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލި އަވަސް އަވަހަށް ސަރުކާރު ބަދަލުވާނެ ކަމަށެވެ.

ރައްޔިތުން ބައިބައިވެ ރައްޔިތުން ހާލުގައި ޖެހުން ފިޔަވާ އިތުރު މޮޅު ކަމެއް ނުވާނެ"

އިމްރާން މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ބަރުލަމާނީ ނިޒާމްގެ ބަހުސް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެންނެވުމަށް ފެނިވަޑައިގަންނަވާ އިސްލާހުތަކާއި އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާ ގަރާރު މިއަދު އާންމު ކުރައްވާފައި ވަނިކޮށެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.