އޮޑިންގާ (ކ) އަދި ރޫޓޯ (ވ) ރިޔާސީ އިންތިހާބުގައި ވޯޓު ލައްވަނީ- ފޮޓޯ: ރޮއިޓާސް

ވަރަށް ވާދަވެރި އިންތިހާބަކަށް ފަހު ކެންޔާގެ 5 ވަނަ ރައީސް ކަމަށް މިހާރުގެ ނައިބު ރައީސް ވިލިއަމް ރޫޓޯ އިންތިހާބުވެވަޑައިގެންފިއެވެ.

ރޫޓޯއަށް އިންތިހާބު ކާމިޔާބުކުރެވުނުކަން އިއުލާނު ކޮށްފައިވާއިރު އޭނާ ވަނީ ވޯޓުގެ 50.49 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. އޭނާއާއި ދާދި ގާތުން ވާދަކޮށް އެންމެ ފުރަތަމަ އިއުލާނުކުރަންފެށި ނަތީޖާތަކުން ކުރީގައި އުޅުއްވި އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާއަށް ލިބުނީ 48.85 އިންސައްތަ ވޯޓެވެ.

ރިޔާސީ އިންތިހާބުތަކުގައި ހަމަނުޖެހުންތައް އުފެއްދުމުގެ ދިގު ތާރީހެއް އޮތް ކެންޔާގައި 9 އޮގަސްޓްގައި ބޭއްވި އިންތިހާބު ވެގެން ގޮސްފައިވަނީ އަމާން ކަމާއި އެކު ނިމިގެން ދިޔަ އިންތިހާބަކަށެވެ.

ކެންޔާގެ ރިޔާސީ އިންތިހާބުގައި 22.1 މިލިއަން މީހުން ވޯޓުލުމަށް ރަޖިސްޓްރީވެފައިވެއެވެ.

ވިލިއަމް ރޫޓޯ އަކީ 2013 ވަނަ އަހަރުން ފެށިގެން ކެންޔާގެ ނައިބު ރައީސް އެވެ. ރޫޓޯ އަށް ސިޔާސީ ބާރުވެރިކަން ލިބުނީ 1900ގެ ކުރީކޮޅު 'Y92 ޔޫތް ފްރަންޓް' ގެ ނަމުގައި ސިޔާސީ ހަރަކާތެއް ފެއްޓެވި ހިސާބުންނެވެ.

2007 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ރޫޓޯ އާއި ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގެވި ކަމުގެ ދައުވާ އުފުލާފައެވެ. އެހެންނަމަވެސް އެ މައްސަލަ 2016 ގައި ކޯޓުން ބޭރުކޮށްލިވެ.

ރޫޓޯގެ އަމިއްލަ ބޭނުންފުޅަކަށް 40 ހެކްޓަރުގެ ބިމެއް ނެއްގެވި މައްސަލައެއް 2013 ގައި ރޫޓޯގެ މައްޗަށް ސާބިތުވިއެވެ.

ރޫޓޯއާއި ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓް އޮޑިންގާއަކީ 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ކެންޔާގެ ބޮޑުވަޒީރެވެ. ބޮޑުވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ދުންފަތް އިންޑަސްޓްރީގެ ޓެކްސްގެ މައްސަލައެއްގައި ރިޝްވަތު ނެގުމުގައި އޮޑިންގާ ބައިވެރިވެލެއްވި ކަމަށް ބުނާ މައްސަލައެއް 2015 ވަނަ އަހަރު ފެންމަތިވިއެވެ.

ސިޔާސީ ކުއްވެރިއެއްގެ ގޮތުގައި 1982 ވަނަ އަހަރުން ފެށިގެން އޮޑިންގާއަށް 6 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހުނެވެ. އެންމެ ފުރަތަމަ ރިޔާސީ އިންތިހާބެއްގައި އޮޑިންގާ ވާދަކުރެއްވީ 1997 ވަނަ އަހަރެވެ. އެއިންތިހާބު އޮޑިންގާއަށް ނާކާމިޔާބި އިރު އިންތިހާބާއި ގުޅިގެން އުފެދުނު އުތުރިއެރުންތައް ކޮންޓްރޯލުން ނައްޓައިގެން ގޮސް ހިންގި ހަމަނުޖެހުންތަކުގައި 1000 މީހުން މަރުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.