ފޮޓޯ: ވަގުތު

ތުރުކީ ވިލާތުގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދިން ގައުމީ ޓޭބަލް ޓެނިސް (ޓީޓީ) ޓީމު ރާއްޖެ އަތުވެއްޖެ އެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއިން ރާއްޖެއަށް ލިބުނު ފުރަތަމަ މެޑަލް ހޯދައިދިން ޓީޓީ ޓީމު މިއަދު މެންދުރު ރާއްޖެ އައުމުން މާލޭ އެއްނަމްބަރު ފާލަމުން ޓީމަށް މަރުހަބާ ދެންނެވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފާއި، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އެވެ.

އެއަށްފަހު ރަސްމީ އިއްޒަތުގައި ރައީސް އޮފީހަށް ގެންދިޔައެވެ. ރައީސް އޮފީހުން ޓީޓީ ޓީމަށް މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ގައުމީ ޓީޓީ ޓީމުން ވަނީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ކެޓަގަރީން ސެމީ ފައިނަލްގައި ވާދަކޮށް ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ. މި ކާމިޔާބީ ހޯދި އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، އައިޝަތު ރަފާ ނާޒިމް އަދި ފާތިމަތު ޖުމާނާ ނިމާލް އެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރި ޓީޓީ ފިރިހެން ޓީމުގައި ހިމެނެނީ މޫސާ މުންސިފް، ޒީސްތު ނަސީމް، އިސްމާއިލް ޝައްފާން އައި އަހްޔަރް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.