މަޖީދީ މަގުގައި ޕާކު ނުކުރެވޭ ގޮތް ހަދާފަ، ފޮޓޯ: ޖަޒީރާ

މިނީ ބަހުގެ ޚިދުމަތަށް މާލޭގެ މަޖީދީ މަގުގެ ޕާކިން ޒޯންތައް ނަގައި ޕާކުނުކުރެވޭ ގޮތަށް ލައިން ދަމައިފިއެވެ.

އެމް.ޓީ.ސީ.ސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ މިނީ ބަހުގެ ޚިދުމަތުގައި ބޭނުންކުރާނެ މައި މަގަކީ މަޖީދީމަގެވެ. މިނީ ބަހުގެ ހިދުމަތް ފެށުމަށް ޕާކު ކުރުން މަނާ ކުރަން ހަމަޖެހިފައި ވަނީ މަޖީދީ މަގާއި، އަމީނީ މަގާއި، އޯކިޑް މަގުގެ އިތުރުން ފަރީދީ މަގެވެ.

މިނީ ބަހުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމާފައިވަނީ މާލޭގެ މަގުތަކުގެ ތޮއްޖެހު ކުޑަކޮށް، އެކަށީގެންވާ ފަސޭހަ އެއްގަމު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށެވެ.

މިނީ ބަހުގެ ޚިދުމަތްތައް ފަށަން އެ މަގުތަކުގެ ޕާކިން ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު ޕާކިން ޒޯން ހަދަން ހަމަޖެއްސި ބިންތަކުގެ ތެރޭގައި ހިމެނެނީ ހ. ސަމޯސާވިލާ ގޭގެ ބިމުން ތަންކޮޅަކާއި އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި ދަރުބާރުގެ ކައިރިން ތަނަކާއި ރަސްފަންނު ކައިރީގައި އޮންނަ ކޮރަލް ބޮލެވާޑު ކައިރިން ތަންކޮޅެކެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.