ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.

އިންޑިއާ ހައިކޮމިޝަން މިހާތަނަށް ހިންގަމުން އައީ މާލޭ، އަމީރު އަހުމަދު މަގުގައި ހުންނަ ހ. އަތިރީގެ އާގޭގަ އެވެ.

ހައި ކޮމިޝަން ބަދަލު ކުރީ ހުޅުމާލެ އިންޑޯ ސުވިމިން ޕޫލް ކުރިމައްޗަށް އޮންނަ ހުޅުމާލޭ ހިތިގަސް މަގު ހަތަރު ނަންބަރު ގޯޅި ލޮޓް ނަންބަރު 11499 އަށެވެ.

އިންޑިއާ ހައި ކޮމިޝަނުގެ ހިދުމަތްތައް މިއަދުން ފެށިގެން ލިބޭނީ ހުޅުމާލެއިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.