ހ.ޝީރީނުވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސައީދުގެ ޖަނާޒާ ފުވައްމުލަކު ސިޓީގައި ބާއްވަން އާއިލާއިން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 22 އަހަރުގެ ޝިއާގެ ޖަނާޒާ، އޭނާގެ އުފަން ރަށުގައި ބާއްވަނީ އާއިލާއިން އެދިގެންނެވެ. އޭނާގެ ހަށިގަނޑު މިއަދު ހަވީރުގެ ވަގުތެއްގައި ފުވައްމުލަކަށް ގެންދާނެ ކަމަށް މައުލޫމާތުލިބެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޝިއާއު ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔުމަށްފަހު އޭނާގެ ހަށިގަނޑު ރާއްޖެ ގެނައީ ރޭގެ ވަގުތެއްގައެވެ.

ޝިއާގެ ކަށުނަމާދު ބާއްވަން ހަމަޖެހިފައި ވަނީ ފުވައްމުލަކު، މަސްޖިދުލް އިނާރާ (ބޯޅަ މިސްކިތް) ގައި މިރޭ އިޝާ ނަމާދަށްފަހު އެވެ.

ޝިއާއުގެ މަރުގެ މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގެ އަލީ ޝާހިލް އެކަންޏެވެ. އޭނާ މިހާރުވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.

ޝާހިލު ކުށުގެ ވެށިން ހައްޔަރުކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.