މާލޭގެ މަގެއް --- ފޮޓޯ: ޖަޒީރާ

މާލެ ސިޓީގައި އެކި މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ޕާކު ކުރުމަށް ދަތިވާ ގޮތަށް ހިލާފަށް ޕެލެޓްތައް ބަލަހައްޓާނަމަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖޫރިމަނާކުރަން ނިންމައިފި އެވެ.

މާލެ ސީޓީ ކައުންސިލުގެ އޮފިޝަލަކު "ޖަޒީރާއެމްވީ" އަށް ވިދާޅުވީ،  މިފިޔަވަޅު އަޅަން ނިންމީ ކައުންސިލުން ދެމުންގެންދާ މުނިސިޕަލް ޚިދުމަތްތައް ރަގަނޅު ކުރުމައްޓަކައި ފުލުހުންނާ ގުޅިގެން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަށާފައިވާ  " ސްޕެޝަލް ކޮންސްޓެބިއުލަރީ " ޚިދުމަތުގެ ދަށުން ކަމަށެވެ.

މި ހިދުމަތް ދިނުމަށް ސިޓީ ކައުންސިލާއި ފުލުހުންނާއި ދެމެދު ސޮއި ކުރީ  ފެބުރުއަރީ 15 ވަނަ ދުވަހުއެވެ

މިޚިދުމަތާ ގުޅިގެން އަމަލުކުރާނެ އުސޫލުވަނީ މާލޭ ސިޓީ ކައުންސިލްގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައި ފާސްކޮށްފައެވެ.

އެ އުސޫލުގައިވާ  ގޮތުން މާލޭ ސިޓީގެ އާންމު ތަންތަނުގައި ހުއްދަނުނަގާ ޕެލެޓާއި އެހެނިހެން ތަކެތި ބަހައްޓާ ފަރާތްތައް ދެނެގަންނާނީ ޒަމާނީ ވަޞީލަތްތަކާއި އެހެނިހެން ގޮތްގޮތުން ނެވެ.

އަދި ތަކެތި ބަހައްޓަން ޚާއްޞާކޮއްފައިވާ ތަންތަން ފިޔަވައި އެހެންތަނެއްގައި ތަކެތި ބަހައްޓައިފިނަމަ އެފަރާތެއް ފުރަތަމަ
ފަހަރަށް 500 ރުފިޔާއާއި 1000 ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ އެފަރާތެއް 1500 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ތިންވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ އެފަރާތެއް 1800 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

އަދި ހަތަރުވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ ގަވައިދާ ޚިލާފްވެގެން އަޅަންޖެހޭ ފިޔަވަޅު އެޅުމާއެކު 2000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ގަރާޖުތަކާއި ގުދަނާއި ފިހާރަތައް ހިންގާ ފަރާތްތަކަށް ޕެލެޓްތައް ނެގުމަށްފަހު ، މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައިވާ ޕެލެޓްތައް ނެގުމުގެ މަސައްކަތް މިދިޔަ މާޗު މަހު ކައުންސިލުން ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 1،300 އަށް ވުރެ ގިނަ ޕެލެޓްތައް މަގުތަކުން ނެގި ކަމަށެވެ.

ކައުންސިލުން ބުނީ ޕެލެޓްތައް ބެހެއްޓާ ފަރާތްތަކަށް ނަސޭހަތް ދިނުމަށްފަހު އިސްލާހު ނުކުރާ ފަރާތްތައް ސެޕްޓެމްބަރު އެކަކުން ފެށިގެން ޖޫރިމަނާ ކުރަން ފަށާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.