އާއިލާއާއެކު ވަގުތު ހޭދަކޮށްލުމުގެ މަޤްޞަދުގައި އެމްއެންޑީއެފުން ޑިފެންސް މިނިސްޓްރީގެ މުވައްޒަފުންނަށް "ވީކެންޑް ވިތު އެމްއެންޑީއެފް" ނަމުގައި ޕްރޮގްރާމެއް ހިންގައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ޕްރޮގްރާމަކީ ޑިފެންސް މިނިސްޓްރީގެ މުވައްޒަފުން މަސައްކަތުގެ މާހައުލުން ބޭރުވެލައި މަޖާ މާހައުލެއްގައި ލައިފްސްޓައިލްގެ ބައެއް ސްކިލްސް ދަސްކޮށްދިނުމުގެ މަގްސަދުގައި ބޭއްވި ޕްރޮގްރާމެއް ކަމަށެވެ.

އިއްޔެ ހެނދުނު 6 ން ހަވީރު 6 އަށް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ބައްލަވައިލެއްވުމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ  ގިރިފުށީ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތްކުރެއްވިއެވެ.

މި ޕްރޮގްރާމްގައި ޓީމް ބިލްޑިންގ އެކްޓިވިޓީތަކާއި، ލީޑަރޝިޕް އެކްޓިވިޓީތަކުގެ އިތުރުން ކޮމްޕެޓިޓިވް ފިޓްނަސް އެކްޓިވިޓީތަކާއި ސީ ސަވައިލަންސް ފަދަ ބައިތައް ވަނީ ކުރިއަށްގެންދެވިފައެވެ.

ޑިފެންސް މިނިސްޓްރީގެ 30 މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކުގެ 15 މެމްބަރުންނާއެކު، ޖުމްލަ 45 ފަރާތަކުން ބައިވެރިވި މި ޕްރޮގްރާމްގެ، ލެކްޗަރާއިންނަށާއި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ސިފައިންނެވެ.

އެމްއެންޑީއެފުން ވަނީ މީގެ ކުރިން ވެސް ރައްޔިތުން ހިއްސާވާ ބައެއް ކުންފުނިތަކާއި، މިނިވަން މުވައްސަސާތަކާއި، ސަރުކާރުގެ ބައެއް ވުޒާރާތަކަށް އަމާޒުކޮށްގެން "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމް ހިންގާފައެވެ.

0
0
1
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.