މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ގެ ބިޒްނަސް ސްކޫލްގައި ތައުލީމު ހާސިލް ކުރި 221 ދަރިވަރަކަށް ދަސްވެނިވިކަމުގެ ސަނަދުދީފިއެވެ.

އެ އެކަޑަމީގެ މިހަފްލާ ބޭއްވީ ހުކުރު ދުވަހުގެ ރޭ ސްޓެލްކޯ މާލަމް ގައެވެ. އަދި މި ހަފްލާ ޝަރަފް ވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް  ފޯރ އެޑިއުކޭޝަން ޑރ.އަބްދުﷲ ރަޝީދު އެވެ.

މި ރަސްމިއްޔާތުގައި ސެޓްފިކެޓް ލެވެލް 3  ގެ 7 ދަރިވަރު،  ސެޓްފިކެޓް ލެވެލް 4 ގެ 33  ދަރިވަރުން ، ޑިޕްލޮމާ ލެވެލްގެ 161 ދަރިވަރުން އަދި އެސޯސިއޭޓް ޑިގްރީގެ  20 ދަރިވަރުން ސަނަދު ޙާސިލްކޮށްފައިވެއެވެ.

ދަރިވަރުންނަށް ސަނަދު ދެއްވީ ޑރ. އަބްދުﷲ ޝިހާމް އަދި ޑރ. އަޙްމަދު އަލި މަނިކްއެވެ. މި ހަފްލާ ގައި ޓޮޕް އެޗީވަރސް އެވޯޑް ހާސިލް ކުރި 7 ދަރިވަރުންނަށް ސެޓްފިކެޓާއި، މެޑެލް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް  ފޯރ އެޑިއުކޭޝަން ޑރ.އަބްދުﷲ ރަޝީދު އެވެ.

އެމްއޭއެމް ބިޒްނަސް ސުކޫލުން ބުނީ ކޮވިޑް -19 އާއި ގުޅިގެން ފާއިތިވި ދެއަހަރުވެސް ދަސްވެނިވުމުގެ ރަސްމިއްޔާތު ބޭއްވިފައި ނުވާކަމަށެވެ. އެހެންކަމުން ރޭ ބޭއްވީ 2020 އަދި 2021 ގެ ދަންވެނިންނަށް ސަނަދު ދިނުމަށް ބޭއްވި ހަފްލާއެކެވެ.

މިހަފްލާގައި ދަރިވަރުންނާއި މުހާތަބު ކުރައްވާ މިނިސްޓަރ އޮފް ސްޓޭޓް  ފޯރ އެޑިއުކޭޝަން ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ އިލްމު ހާސިލް ކުރުމަކީ އަދި ނިމުނީ ކަމަށާއި  އެ ކުއްޖަކު ހާސިލު ކުރާ އިލުމު ތަޖްރިބާވެސް ކުރަން ޖެހޭ ކަމަށެވެ. އަދި ވަޒީފާގެ ބާޒާރުގައި ކުރިޔަށް ދެވޭނީ އެ އިލުމުގެ އެހީގައި ކަމަށް ފާހަގަ ކުރެއްވިއެވެ. 

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ބިޒްނަސް ސްކޫލްގެ ޑެޕިއުޓީ ސީ. އީ. އޯ އަޒްލީން އަހްމަދުފްލާގައި  ވާހަކަފުޅު ދެއްކެވިއެވެ.

އޭނާ ވިދާޅުވީ އިލްމަކީ ފޮރުވައިގެން ގެންގުޅެންވީ އެއްޗެއް ނޫން ކަަމށާއި، ކޮންމެ މީހަކީވެސް އެމީހަކަށް ލިބިފައިހުރި އިލްމެއް އަނެކާއަށް ދަސްކޮށްދޭން ޖެހޭ މީހެއް ކަމަށެވެ.

މެރިޓައިމް އެކަޑަމީ އުފެދިގެން އައި ގޮތް

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އަކީ ދިވެހިރާއްޖޭގަ ދަތުރުފަތުރު ކުރުމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ  މަގްސަދުގައި 2010 ވަނަ އަހަރު ކެޕްޓަން އާދިލް ރަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި އެކަޑަމީއެކެވެ. ބިޒްނަސް ސުކޫލު ވުޖޫދުވެގެން އައީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. 

"މަ ކިޔަވާނީ ރަށުގަ" މިޝިއާރުގެ ދަށުން މެރިޓައިމް އެކަޑަމީން ވަނީ 20 ރަށެއްގައި އައުޓްރީޗް ސެންޓަރުތައް ގާއިމުކޮށް އަތޮޅު ތެރެއަށްވެސް އެ އެކަޑަމީގެ ހިދުމަތްތައް ފުޅާކޮށްފައެވެ.  

2019 ވަނަ އަހަރު ފަހުކޮޅު ދުނިޔެއަށް ދިމާވި ކޮވިޑްގެ ހާދިސާއާއި ގުޅިގެން، އެމް.ކިޔު.އޭގެ ފަރާތުން އޮންލައިންކޮށް ކިޔަވައިދިނުމަށް ދެވުނު ހުއްދައާއި އެކު ހާއްސަކޮށް ކުދިރަށްރަށުގައި ކިޔަވަމުންދިޔަ ދަރިވަރުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބެމުން ދިޔަ ކަމަށް އެކަޑަމީން ފާހަގަ ކުރެއެވެ. 

އެގޮތުން މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ "އެމް.އޭ.އެމް އައިލާރން" އުފެދިގެން ދިޔަ އެވެ.

އަދި 2021 ވަނަ އަހަރު މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ގެ ފެކަލްޓީ އެއްކަމަށްވާ ޓިވެޓް ސްކޫލް އުފެދުނެވެ. މިއީ އެމް.އެން.އެސްޑީއޭ ޕްރޮގްރާމް ހިންގުމަށް ހާއްސަކުރެވިފައިވާ ގޮތްޕެއް. އަދި މި އެކަޑަމީގެ ދަށުން އެންމެ ފަހުން އިތުރުވީ އެމް، އޭ، އެމް، ޕްރީސްކޫލް ބަހިއްޔާ ކެމްޕަސް އެވެ.

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ތަސައްވަރަކީ ދިވެހިރާއްޖޭގައި ތަޢުލީމީ ހުނަރުވެރި ޤާބިލް ދަރިންތަކެއް އުފެއްދުން ކަމަށް އެ އެކަޑަމީން ބުނެއެވެ. 

0
0
0
2
3

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.