ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުންކޮށްގެން މެލޭޝިއާގައި އުޅަނދުތައް ދުއްވޭ ގޮތް ހަދައިފި އެވެ.

މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. ވީކާ ސިއޯން އެވެ

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މޮޓޯ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތް ދިވެހިންނަށް މެލޭޝިއާގައި ބޭނުންކުރެވޭނެ ކަމަށެވެ. އަދި މެލޭޝިއާގެ ލައިސަންސް ވެސް ރާއްޖޭގައި ބޭނުންކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މެލޭޝިއާގައި ދިިރިއުޅޭ ދިވެހިންނަށް ލުއި ފަސޭހަވާނެ ކަމަށެވެ. އަދި މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދު އޮތް ގާތްގުޅުމުގެ ހެއްކެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ބޭނުންކުރާ ޑްރައިވިން ލައިސަންސް ކުރިން ވެސް މެލޭޝިއާއިން ބަލައިގަނެ އެވެ. އެހެންނަމަވެސް ބޭރު ގައުމުތަކުގެ ލައިސަންސް އަށް ހުއްދަ ދިނުމުގެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން 2019 ވަނަ އަހަރުން ފެށިގެން ވަނީ ރާއްޖޭގެ ލައިސަންސް ބަލައިގަތުން ހުއްޓާލާފަ އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.