ކުރީގެ ރައީސް އަބްދުﷲ ޔާމީން

ވަރަށް ކުރީއްސުރެންވެސް ތާއީދުކުރައްވަނީ ބަރުލަމާނީ ނިޒާމަކަށްކަމަށާ އެހެންނަމަވެސް އެއީ ރައްޔިތުންގެ ތާއީދު އޮތް ނިޒާމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމިން ވިދާޅުވީ އަބަދުވެސް އެމަނިކުފާނު ތާއިދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި އެ ނިޒާމަކީ ރައްޔިތުންގެ ޝާމިލްވުން މާބޮޑަށް އޮންނަ ނިޒާމެއް ކަމަށެވެ. އެ ނިޒާމް ގެންނަން, ފުރިހަމަ ވާން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމާއި އެކަންކަން ފުރިހަމަވެއްޖެނަމަ, ތާއިދު ކުރައްވާނީ ބަރުލަމާނީ ނިޒާމް ރާއްޖޭގައި އޮންނަކަން ޔާމީން ވިދާޅުވި އެވެ.

އަޅުގަނޑާއެކީ މަސައްކަތް ކުރަމުންދިޔަ ދިގު މުއްދަތުގަ މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ތާއީދުކުރަނީ ބަރުލަމާނީ ނިޒާމަކަށް އިނގޭތޯ.“

އެކަމަކު ރާއްޖެއަށް މިވަގުތު ބަރުލަމާނީ ނިޒާމް ނުފެތޭކަން fފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެއީ ރައްޔިތުންނަށް ވެސް ޚަރަދު ބޮޑުވާ ކަމެއް ކަމަށެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށާ އެހެން ނޫން ނަމަ އެ ނިޒާމަކީ ވަރަށް ހަލަބޮލި ނިޒާމެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ޔާމީނު ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެންނަން ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް ނަޝީދު ގެންގުޅުއްވަނީ އިސްލާމީ ވެއްޓަށް ފެތޭ ޑިމޮކްރެސީ އެއްނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. ރާއްޖޭގައި އޮންނަން ޖެހޭނީ އިސްލާމީ ހަމަތަކަށް ފެތޭ ޑިމޮކްރަސީއަކަށްވާއިރު، އެމަނިކުފާނުގެ ފިކުރާއި ނަޝީދުގެ ފިކުރާއި ތަފާތު ކަމަށެވެ.

މިއީ ރައީސް ޔާމީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކަމަށް އެހާ ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.