ފޮޓޯ: ސަން އޮންލައިން

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމް.ޑީ އާލަމްގީރުއާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިންމީހުންވެސް ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން ބަންދުން ދޫކޮށްލީ ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ އޮފިސަރެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި ތިން މީހުން ދޫކޮށްލާފައިވަނީ، އެމީހުންގެ މައްސަލަތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްފަހު، އެމީހުން އިތުރަށް ބަންދުގައި ބައިތިއްބަން ޕީޖީ އޮފީހަށް ނުފެންނަކަމަށް ނިންމުމާއި ގުޅިގެންކަމަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ތިން މީހުން ދޫކޮށްލަން ނިންމީ ޕާސްޕޯޓު ހިފަހައްޓާފައިވާކަން ކަށަވަރުކުރުމަށްފަހުގަ އެވެ. މި މައްސަލައާ ގުޅުންހުރި 18 މީހެއްގެ ޕާސްޕޯޓު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.

އަލަމްގީރާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިއާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.