މިއަހަރު ރާއްޖެ އައި އެއްމިލިއަން ވަނަ ފަތުރުވެރިޔާ

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެއް މިލިއަންވަނަ ފަތުރުވެރިޔާގެ ގޮތުގައި މިއަދު ހެނދުނު ޤަތަރު އެއަރވޭސްގެ ފްލައިޓެއްގައި ރާއްޖެ އައިސްފައިވަނީ ޗެކް ރިޕަބްލިކްގެ ރައްޔިތެއް ކަމުގައިވާ ޑެނިއެލާ ކިލްނަރޯވާއެވެ. އޭނާ އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ، މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލްގެ ފަރާތުން ވަނީ ބޮޑުބެރުގެ ހަރަކާތްތަކާއެކު މަރުހަބާ ކިޔާފައެވެ.

މިއަހަރު ރާއްޖެ އައި އެއްމިލިއަން ވަނަ ފަތުރުވެރިޔާ

ޗެކް ރިޕަބްލިކްގެ ރައްޔިތެއް ކަމުގައިވާ ޑެނިއެލާ ކިލްނަރޯވާ ރާއްޖެއަށް އައިސްފައިވަނީ ޗުއްޓީ ހޭދަކުރުމަށެވެ. މިއީ އޭނާ ރާއްޖެއަށް އައި ތިންވަނަ ފަހަރު ކަމަށާއި، ރާއްޖެއަކީ ހިތްހަމަ ޖައްސާލާ ހަމަޖެހިލަން އެންމެ ކަމުދާ މަންޒިލް ކަމަށް ޑެނިއެލާ ބުންޏެވެ.

ރާއްޖެއިން ވަނީ މިއަހަރުގެ ތެރޭގައި 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. މިއަދު އައި އެއް މިލިއަން ވަނަ ފަތުރުވެރިއާ އާއިއެކު މި އަމާޒަށް ވާސިލްވެވޭނެކަމުގެ ޔަގީންކަން ވަނީ އިތުރުވެފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކުރީ އިންޑިއާގެ ފަތުރުވެރިންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަހަރަކީ ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރޭ ރަންޔޫބީލް އަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.