ޝިއާއުގެ ހަށިގަނޑު ފެނުނު ގެ ހުންނަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ހ. ޝީރީނުވިލާގައި ރަހުމުކުޑަ ގޮތަކަށް މަރާލި ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕޯސްޓްމޯޓަމް ހެދުމަށް ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ޝިއާއުގެ މަރުގެ މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ފ.ނިލަންދޫ ފިނިފެންމާގޭ އުމުރުން 22 އަހަރުގެ އަލީ ސާހިލް އެވެ. ފުލުހުން ބުނީ ސާހިލް ކުށުގެ ވެށިން ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށާ އެކަން ފުލުހުން ކުރި ތަހުލީލުން ހާމަވެފައިވާ ކަމަށެވެ.

ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައިގަ ތުހުމަތުކުރެވެނީ ސާހިލް އަށް އެކަނި ކަމަށާ އެކަމަކު އޭނާ މިހާތަނަށް އެކަމަށް އިއުތިރާފުވެފައި ނުވާ ކަމަށެވެ. އަދި ސީން އިން މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ އާލާތްތަކެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޝިއާއުގެ ހަށިގަނޑު ފެނުނީ ތުހުމަތުކުރެވޭ މީހާ ދިރިއުޅޭ ނުވަތަ ގޮސް އުޅޭ އެޕާޓްމަންޓަކުން ކަމަށާ އިތުރު ތަފްސީލެއް ދެވެން ނެތްކަމަށެވެ. އަދި އެ ދެމީހުންނަކީ ކައިވެނިކޮށްގެން އުޅޭ ބައެއް ނޫންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *