ޖޭޕީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމު ހަވާލުކުރުން - ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އަމާޒަކީ މިހާރު ކުރިމަތިވަމުން, ފެންނަމުންދާ ހުރިހާ ކަމެއް ބަދަލުކުރާނެ އިސްލާމިއްޔަތަށް ލޯބި ކުރާ ޕާޓީއެއްގެ ގޮތުގައި އަބަދުވެސް ދެމިއޮތުން ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން ބޭނުންވާ ގޮތަކީ މެންބަރުން އިތުރުކުރުން ފުރަތަމަ ކަމަކަށް. އަދި ޕާޓީ ވަރުގަދަ ކުރުން. އޭގެ މާނައަކީ އެއް ޓީމެއް އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރާ ޕާޓީއަކަށް ހެދުން"

ނަހުލާ ވިދާޅުވި ކުރިޔަށް އޮތްތަނުގައި އެޕާޓީއަށް މެންބަރުން އިތުރުވެގެންދާނެ ކަން އެއީ ޝައްކެއްނެތި ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ.

ނަހުލާ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ދެ ޒުވާނަކު ސޮއިކުރުމާއި ގުޅިގެން އެ މެންބަރުންގެ މެންބަރޝިޕް ފޯމާ ހަވާލުވުމަށްފަހު ޖޭޕީއާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅެއްގައެވެ.

ނަހުލާ ވިދާޅުވީ އެ ކަމަނާ މަގުމައްޗަށް ނިކުންނަށް ޖެހުނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ޖަލުގައި އޮންނަވަން ޖެހުމާއި، ގައުމުން ބޭރުގައި ހުންނަވަން ޖެހުމާއި، ގާސިމްގެ ދަރިކަލުން އިބްރާހިމް ސިއާދު ގާސިމް ޖަލަށް ލުމާއި ގުޅިގެން ކަމަށެވެ.

އަދި ޖޭޕީން ތާއީދު ކުރާ ވަކި ބަޔަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރަން ޖެހުނީވެސް އެ ސަބަބަށްޓަކާއި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.