މާލޭގައި ވިއްކަން ހުރި އޫރުމަސް އެކުލެވޭ ގްރޭވީ މިކްސް ޕެކެޓް - ފޮޓޯ: ސޯޝަލް މީޑިއާ

މާލޭގައި އޫރުމަސް ހިމެނޭ 'ކަންޓްރީ' ބްރޭންޑްގެ 'ގްރޭވީ މިކްސް' ޕެކެޓެއް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އާންމު ފަރާތަކުން ޝޯޝަލް މީޑިއާ މި ބާވަތުގެ ޕެކެޓެއްގެ ފޮޓޯ ހިއްސާ ކޮށްފައިވާއިރު މިއީ ރެޑްވޭވްގައި ވިއްކަން ހުރި ޕެކެޓެއް ކަމަށް ވަނީ ދެނެގަނެވިފައެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ވައްތަރުގެ ހަވާދު ޕެކެޓްތައް ރެޑްވޭވެްގެ ފިހާރަތަކުން ވިއްކުން ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ. އަދި މިކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

މިކަން މީޑިއާގެ ސަމާލުކަމަށް އައިސްފައިވަނީ އާންމު ފަރާތަކުން ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގެ ސަބަބުންނެވެ. މި ގްރޭވީ ޕެކެޓަކީ 'ސޭވް އަ-ލޮޓް ފުޑްސްޓޯސް ލިމިޑެޓްއިން ރާއްޖޭގެ ބާޒާރަށް ނެރޭ ބާވަތެކެވެ.

އެ ކުންފުނިން މުދާ ފޯރުކޮށްދޭ ވިޔަފާރިތަކުގެ ތެރޭގައި ރެޑްވޭވް ޕްލާޒާ، ރެޑްވޭވް މާރޓް، އަގޯރާ، ސޮޕް އެންޑް ސޭވް، ވަން ކްލިކް ޕްރައިވެޓް ލިމިޓެޑް އަދި ގުޑް ފުޓް މޯލްޑިވްސް ހިމެނެއެވެ. އެހެންނަމަވެސް އޫރުމަސް އެކުލެވޭ ގްރޭވީ މިކްސް ޕެކެޓް އެ ހުރިހާ ފިހާރަތަކެއްގައި ހުރިކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ހުޅުމާލޭގައި ހުންނަ ރެޑްވޭވް ފިހާރައިން މި ބްރޭންޑްގެ ގްރޭވީ މިކްސް ޕެކެޓެއް ގަތް ފަރާތުން ހިއްސާ ކޮށްފައިވާ ފޮޓޯގައިވާ ގޮތުން އެ ޕެކެޓްގައި ހިއްކާފައިވާ އޫރުމަހާއި ހިމުންކޮށްފައިވާ އޫރުމަސް ހިމެނެއެވެ.

އާ ބްރޭންޑްތަކުގެ ކާބޯތަކެތި ގަންނަ ފަރާތްތަކުން އެ އެއްޗެއްގައި އެކުލެވިގެންވަނީ ކޮން އެއްޗެއްތޯ ރަނގަޅަށް ބަލާ ޗެކް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.