އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބިޔަ މަޝްރޫޢުގެ ބިންގާ މިއަދު އަޅައިފިއެވެ.

މި ބިޔަ މަޝްރޫއަކީ އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކޮށް ފުރިހަމަ ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.

މިއަދު ބިންގާއެޅި ފުލުހުންގެ އުމްރާނީ ތަރައްޤީގެ މަޝްރޫގައި ހިމެނެނީ ދޫނިދޫގައި ކަސްޓޯޑިއަލް ފެސިލިޓީއެއް ގާއިމް ކުރުމާއި ވިލިމާލޭގައި 400 މީހުންގެ ޖާގައިގެ އެކޮމޮޑޭޝަން އިމާރާތެއް އެޅުމާއި ދ.ވާނީގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒުގައި 100 މީހުންގެ އެކޮމޮޑޭޝަން އިމާރާތެކެވެ.

މީގެ އިތުރުން ގއ. ވިލިގިއްޔާއި ހދ. ދިއްދޫގައި ހުންނަ ޕޮލިސް ސްޓޭޝަންގައި އެކޮމޮޑޭޝަން އިމާރާތް ގާއިމް ކުރުމާއި ހދ.ކުޅުދުއްފުއްޓާއި ހައްދުއްމަތީ ގަމުގައި ހުންނަ ޕޮލިސް ސްޓޭޝަން ރީޖަނަލް ހެޑްކުއާޓަރަށް ބަދަލުކޮށް އެސަރަހައްދުތަކުގައި އިތުރު 5 ސެލްއެއް ގާއިމްކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް 2 ގެ ޕޮލިސް ސްޓޭޝަން އެޅުމާއި މާލޭގެ ގަލޮޅު ޕޮލިސް ސްޓޭޝަން އެޅުމުގެ އިތުރުން އަތޮޅު ފެންވަރުގެ އިތުރު 8 ޕޮލިސް ސްޓޭޝަން ގާއިމް ކުރުންވެސް މި މަޝްރޫގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ރަށު ފެންވަރުގެ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓެއްވެސް މި ޕްރޮޖެކްޓްގެ ތެރެއިން ގާއިމް ކުރެވިގެން ދާނެއެވެ.

730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ ޖުމްލަ އަގަކީ 48،176،529.00 ޔޫއެސް ޑޮލަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.