އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭނުމަށް އައު އިމާރާތެއް އެޅުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމްއެވެ. އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ކޯޕަރޭޓް ސަރވިސަސް، ނިޝްފާ ފިރާޤްއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭނުމަށް ތަރައްޤީކުރެވޭ މި އިމާރާތަކީ، 40.426,17 އަކަ ފޫޓުގެ ސަރަޙައްދެއްގައި ޖުމުލަ 10.718,77 އަކަ ފޫޓުގެ ޖާގަ ލިބޭ ގޮތަށް ތަރައްޤީކުރެވޭ އިމާރާތެކެވެ. ހަ ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 1.23 މީޓަރު ހުންނާނެއެވެ. 67.138 މިލިއަން ރުފިޔާގެ މި މަޝްރޫޢު 730 ދުވަހުގެ ތެރޭ ނިންމުމަށް މިކުންފުނިން ވަނީ އެއްބަސްވެފައެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.