ފަސްވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އައިޝަތު ހިމްނާ ހަސަން އާއި އިސްމާއިލް ވިލްދާން ދިވެހި ދިދަ އުފުލާލައިފިއެވެ.

9 އޮގަސްޓުން 18 އޮގަސްޓްގެ ނިޔަލަށް ތުރުކީގައި ކުރިޔަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި 56 ގައުމަކުން 4،000 އެތްލީޓުން ބައިވެރިވެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ރޭ ކޮންޔާގައި ހުޅުއްވައިދެއްވި މި މުބާރާތަކީ 24 ކުޅިވަރެއް ހިމެނޭހެން 483 މެޑަލް އަށް ކުޅުންތެރިން ވާދަކުރުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މި މުބާރާތުގައި މިއަދު ކުރިޔަށްދާ 200 މީޓަރު ހީޓްގައި ރާއްޖޭގެ ސާއިދާއި އިބާދުﷲ ވާދަކުރާނެއެވެ. އަދި 200 މީޓަރު ހީޓްގެ އަންހެން ދުވުމުގައި ހިމްނާ އާއި ރިފާ ވާދަކުރާނެއެވެ. މިރޭ 400 މީޓަރުގެ އަންހެން ފައިނަލްގައި ހިމްނާ އާއި ލަޔާނާ ވާދަކުރާނެއެވެ.

މީގެ އިތުރުން ޓޭބަލްޓެނިސް ފިރިހެން ގްރޫޕް މެޗުތަކުގެ ބައިގައި ދިވެހިރާއްޖެއިން މިއަދު ވާދަކުރާނީ ބަނގްލަދޭޝް އާއި އެވެ. އަންހެން ގުރޫޕް ބައިގައިި ރާއްޖެއިން ވާދަކުރާނީ ޔޫގަންޑާ އާއިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *