އިބްރާހިމް ވަހީދު (އިބުރޭ) ވާހަކަ ދައްކަވަނީ. fފޮޓޯ: ވަގުތު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑިޕީގެ ކޮންގްރެސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއް ވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އަދި ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދަށް ޕްރައިމަރީއާ ގުޅޭ ގޮތުން އިސްލާހެއް ހުށަހެޅިފައި ނުވާ ކަމަށާ، އަސާސީ ގަވާއިދު މިހާރު އޮތް ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުންކަމަށެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި ރިޔާސީ ޓިކެޓާ ގުޅޭ ގޮތުން މަޝްވަރާ ނުކުރާނެ ކަމަށެވެ. އަދި ކޮންގްރެސްއަށް، އިސްލާހު ހުށަހެޅުމުގެ ވަގުތު ހަމަވިއިރު ޕްރައިމަރީއާ ގުޅޭ އިސްލާހެއް ނެތް ކަމަށާ އޭގެ ބަދަލުގައި ހުރީ، ޕާޓީ ހިންގަން ފަސޭހަ ކުރަން ގެންނަން ޖެހޭ އިސްލާހުތަކާއި އަސާސީ ގަވާއިދުގައި އޮޅުން އަރާ ގޮތަށް ހުރި ބައެއް ކަންކަން ރަނގަޅު ކުރާ އިސްލާހުތަކެއް ކަމަށް ވިދާޅުވިއެވެ.

އަަޅުގަނޑަށް ހީވާ ގޮތުން ހުރިހާ ބޭފުޅުން ވެސް އަސާސީ ގަވައިދާ ބެހޭ ގޮތުން ކޮންސާނަކަށް ވަނީ ރިޔާސީ ޓިކެޓް. އެކަހަލަ އެއްވެސް ކަމެއް ނެތް އިނގޭތޯ. އެއްވެސް ބޭފުޅަކު އިސްލާހެއް ހުށަހަޅާފައެއް ނެތް އެގޮތަކަށް،"

އެމްޑީޕީގެ ކޮންގްރެސް ބާއްވަން ނިންމާފައި މިވަނީ ޕާޓީގެ އެ ތެރޭގައި ބައިބައިވުން އުފެދި ދެ ފެކްޝަނެއް އުފެދިފައިވަނިކޮށެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފެކްޝަނަކާ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފެން ފެކްޝަނެކެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު ވެސް ވަނީ 2023ގެ ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިއުލާނު ކުރައްވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *