ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް - ފޮޓޯ: ޕީޖީ

ބަންގްލާދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރު އާއިއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވިފައިވާ 3 މީހަކަށް ދައުވާ ކުރުމާ މެދު ޕްރޮސެކިއުޓަރ ޖެނެރަލްގެެ ލަފަޔަކަށް އެދި ހުށަހަޅައިފިއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި މި މައްސަލައިގައި ދައުވާކުރުމާބެހޭ ގޮތުން ލަފަޔަކަށް އެދިފައިވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުއާއި ގާނޫނީ ވަކީލު ނާޒިމް ސައްތާރުއާއި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީގުގެ މައްޗަށެވެ.

މި ތިން މީހުން ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މީހުންގެ މައްޗަށް ދައުވާ އުފުލަން އެދިފައި ވަނީ ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި މިހާތަނަށް 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އާންމުވި ވީޑިއޯތަކުން ކަސްޓަމްސްގެ ދެ އޮފިސަރަކާއި ސިފައިންގެ މީހަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއަކާއި މުދިމެއްގެ އިތުރުން ދެ ޓީޗަރަކާއި ހޯމް މިނިސްޓްރީގެ މުވަައްޒަފަކު ފެނެ އެވެ. މިއެންމެން ވެސް މިހާރު ވަނީ އެމީހުންތިބި ވަޒީފާތަކުން ސަސްޕެންޑުކޮށްފައެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.