އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި އާންމުވަމުން އަންނަ ބަލި، މަންކީޕޮކްސް އަށް ޓެސްޓުކުރުމަށް އައިޖީއެމްއެޗްގެ ލެބޯޓްރީ ތައްޔާރުކުރަން ފަށައިފިއެވެ.

މަންކީ ޕޮކްސްއަށްޓެސްޓުކުރުމަށް މިވަގުތު ރާވާފައިވަނީ އައިޖީއެމްއެޗްގައި ކަމަށް އެޗްޕީއޭއިން ވަނީ 'ޖަޒީރާ' އަށް މައުލޫމާތު ދީފައެވެ. ޓެސްޓް ކިޓް ހޯދުމުގެ އިތުރުން ޓެސްޓިން ސެޓަޕެއް ތައްޔާރުކުރުމަށް އިތުރު ވަސީލަތްތައް ބޭނުންވާ ކަމަށް އެޗްޕިއޭއިން ބުނެއެވެ. އެސެޓަޕް ގާއިމްކުރަނީ އައިޖީއެމްއެޗްގައި ކަނަށް ވެސް އެޗްޕީއޭ އިން މައުލޫމާދެއެވެ.

މަންކީ ޕޮކްސްއަށް ޓެސްޓް ކުރެވޭނެ ވަސީލަތްތައް އެންމެ ފުރިހަމައަށް ރާއްޖެއަށް ލިބިފައި އަދި ނުވެފެއެވެ.

އެހެންނަމަވެސް މިދިޔަމަހު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ މަންކީޕޮކްސް އަށް ޓެކްސްޓް ކުރާ 250 ކިޓް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.

އެހެންނަމަވެސް ހެލްތް މިނިސްޓްރީން ބުނީ މަންކީޕޮސްއަށް ޓެސްޓް ކުރުމަށް އިތުރު ކިޓްތައް ހޯދަމުން އަންނަ ކަމަށާއި ވެކްސިން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.