ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރު އާއިއެކު އެއްޖިންސުންގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯ މައްސަލައިގައި އެމްއެންޑީއެފް މީހަކު ސަސްޕެންޑްކޮށްފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވަނީ މިކަން 'ޖަޒީރާ' އަށް ކަށަވަރުކޮށްދެއްވާފައެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން އިއްޔެ އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ދާދިފަހުން ވަނީ މާލޭގައި ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވާން ފަށާފައެވެ. މި ވީޑިއޯތަކުން ފެންނަނީ ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ އަލަމްގީރު އާއި އެކު އެކި މީހުން ގުޅުން ހިންގާ މަންޒަރެވެ. ރާއްޖެއަށް މަސައްކަތު އައިސް ދިވެހި ފިރިހެނުންނަށް ދައުވަތުތީ އެއް ޖިންސުން ގުޅުން ހިނގަމުން އައި މި މީހާ ފުލުހުން ހައްޔަރުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

މިމައްސަލާގައި މިހާތަނަށް 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިމައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ މި ނެޓްވޯކުގެ ހެޑް އަލަމްގީރުގެ އިތުރުން ކެނެރީގޭ ނާޒިމް އަބްދުއްސައްތާރު އާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުއެވެ.

އާންމުވި ވީޑިއޯތަކުން ކަސްޓަމްސްގެ ދެ އޮފިސަރަކާއި ސިފައިންގެ މީހަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއަކާއި މުދިމެއްގެ އިތުރުން ދެ ޓީޗަރަކާއި ހޯމް މިނިސްޓްރީގެ މުވަައްޒަފަކު ފެނެ އެވެ. މިއެންމެން ވެސް މިހާރު ވަނީ އެމީހުންތިބި ވަޒީފާތަކުން ސަސްޕެންޑުކޮށްފައެވެ.

އަލަމްގީރާއެކު ގިނަ ބަޔަކު އެއް ޖިންސުން ގުޅުން ހިންގައި، ވީޑިއޯ ކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.