އަލް އުސްތާޒާ ދީބާނާޒް ފަހްމީއާއި އަލްއުސްތާދު މުހައްމަދު ސަލީމް މިއަދު ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

މި ދެބޭފުޅުންނަށް ހުވާ ލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއް ސުއޫދެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމާއި ހަވާލުވެވަޑައިގެންނެވި ދީބާނާޒް ފަހްމީ އަކީ ކުރިން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލކްގެ މަގާމާއި 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ ގާޒީ ކަންވެސް ކުރެއްވި ގާނޫނީ ދާއިރާގައި 17 އަހަރުގެ ތަޖްރިބާ ހުންނެވި ގާނޫނީ ވަކީލެކެވެ.

އޭނާ ވަނީ މެލޭޝިޔާގެ އިސްލާމިކް އިންޓަނޭޝަނަލް ޔުނިވަސިޓީން ގާނޫނޫ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އަދި ނިއުޒިލޭންޑްގެ ކެންޓާބަރީ ޔުނިވަސިޓީން މާސްޓާރ އޮފް ލޯ ހާސިލް ކުރައްވާފައެވެ.

އަދި ސަލީމަކީ ހައިކޯޓުގެ ލީގަލްއޮފިސަރުގެ މަގާމު 12 އަހަރު ވަންދެން ފުރުއްފާފައިވާ ތަޖްރިބާކާރު ގާނޫނީ ވަކީލެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.