އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން 'ފެކެޓަކަށް ތައްޓެއް' މިނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ޑެވަންޑޭލް ހިކި ކިރު ޕެކެޓާއި އެއް ލީޓަރުގެ ފުލް ކްރީމް ކިރު ޕެކެޓަށް ހިލޭ ތައްޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

'ބެކް ޓު ސޫކޫލް ޕްރޮމޯޝަން' ގެ ދަށުން ކުރިޔަށް ގެންދާ ޑެވަންޑޭލް ކިރަށް ހާއްސަ މި ޕްރޮމޯޝަން ކުރިޔަށްދާނީ އޮގަސްޓް މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ އިތުރުން ޑެވަންޑޭލް، އައިވީ އާއި ހެޕީ ކައު ބްރޭންގެ ތަކެތި ގަންނަ ފަރާތްތަކަށް ގިފްޓް ވައުޗަރާއި އެހެނިހެން އިނާމުތައްވެސް ކަނޑައެޅިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.