ދިވެހި ޕާސްޕޯޓެއް

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގަ މިހާތަނަށް 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ޕާސްޕޯޓު ހިގފަހައްޓާފައިވާ 18 މީހުންނަކީ މިމައްސަލައިގަ ފުލުހުންނަށް ލިބިފައިވާ ވީޑިއޯތައް އެނަލައިޒްކޮށް ކޮންބައެއްކަން ދެނެގަނެވިފައިވާ މީހުންނެވެ.

ދާދިފަހުން ވަނީ މާލޭގައި ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވާން ފަށާފައެވެ. މި ވީޑިއޯތަކުން ފެންނަނީ ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ އަލަމްގީރު އާއި އެކު އެކި މީހުން ގުޅުން ހިންގާ މަންޒަރެވެ.

މިމައްސަލާގައި މިހާތަނަށް 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ދެ ޓީޗަރަކު ސަސްޕެންޑްކޮށްފައިވާއިރު ހޯމް މިނިސްޓްރީގެ މީހަކުވެސް ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އަދި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިޖކޮށްފައެވެ.

މިމައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ މި ނެޓްވޯކުގެ ހެޑް އަލަމްގީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރު އާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުއެވެ.

އަލަމްގީރާއެކު ގިނަ ބަޔަކު އެއް ޖިންސުން ގުޅުން ހިންގައި، ވީޑިއޯ ކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.