އެޗްއާރުސީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް މިއަހަރުގެ މިހާތަނަށް 391 މައްސަލަ ހުށަހަޅައިފިއެވެ.

އެޗްއާރްސީއެމުން މިއަދު ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް 361 މައްސަލައެއް ވަނީ ބަލާ ނިންމާފައެވެ.

އެޗްއާރްސީއެމުން ބުނީ މީގެ ކުރީ އަހަރުތަކުގައި ހުށަހެޅި މައްސަލަތަކާއި އެކު ޖުމްލަ 577 މައްސަލައެއް މިހާރު ބަލަމުންދާ ކަމަށެވެ. އަދި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި 35 މައްސަލައެއް ހިމެނޭ ކަމަށާއި، ކޯޓު މަރުހަލާގައި 2 މައްސަލައެއް ހިމެނޭ ކަމަށެވެ.

2022 ވަނަ އަހަރު އެޗްއާރްސިއެމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންޓި ޓޯޗަރ ގާނޫނުގެ ދަށުން ބަލަން ޖެހޭ، 51 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން މިހާތަނަށް 47 މައްސަލަ ވަނީ ބަލާ ނިންމާފައެވެ.

މި ގާނޫނޫގެ ދަށުން ބަލަންޖެހޭ މައްސަލަތަކުގެ ގޮތުގައި މިއަހަރު ފުރަތަމަ ހަމަސްދުވަހު ހުށަހަޅާފައިވާ 51 މައްސަލައާއި ކުރީ އަހަރުގެ މައްސަލައަކާއެކު ޖުމްލަ 52 މައްސަލަ އަންނަނީ ބަލަމުންނެވެ. ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި އޮތީ 35 މައްސަލައެކެވެ. ކޯޓު މަރުހަލާގައިވަނީ 2 މައްސަލައެކެވެ. އަދި މިގާނޫނުގެ ދަށުން މިހާތަނަށް ބަލާ ނިންމާފައިވަނީ 47 މައްސަލައެކެވެ.

އެޗްއާރްސީމްގެ ގާނޫނުގެ ދަށުން ތަހުގީގު ކުރެވެމުންދާ މައްސަލަތަކަށް ބަލާއިރު ފާއިތުވި ޖުލައި މަހާ ހަމައަށް ހުށަހަޅާފައިވަނީ 340 މައްސަލައެކެވެ. މީގެތެރެއިން 314 މައްސަލަ ވަނީ ބަލާ ނިމިފައެވެ. މިއަހަރު ފެށުމުގެ ކުރިން ހުށަހަޅާފައިވާ މައްސަލަތަކާއެކު އެޗްއާރްސީއެމްގެ ގާނޫނުގެ ދަށުން ޖުމްލަ 525 މައްސަލައެއް އެޗްއާރްސީއެމުން އަންނަނީ ބަލަމުންނެވެ.

މި މައްސަލަތަކާއި ގުޅޭ ތަފްސީލެއް އެޗްއާރްސީއެމުން އާންމުކޮށްފައެއް ނުވެއެވެ.

 

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.