ތުއްތުއިރުގެ  ހަންގަނޑު މަތިން ހަނދާންވޭ ހެއްޔެވެ. އެ 'މަޑު މަޑު ބޭބީ ސްކިން' ބޭނުންނަމަ އަލުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ. ރީތި ތާޒާ މަޑު ހަންގަނޑެއް ބޭނުން ނަމަ މި ކަންތައްތަށް ސަމާލުކަށް ދޭށެވެ.

ހަންގަޑު ސާފުކުރުން

އެންމެ ފުރަތަމަ ކަމަކަށް ގަވާއިދުން ހަންގަޑު ސާފުކުރަން އާދަ ކުރާށެވެ. ހަންގަނޑަށް ބޭނުންވާ ރަނގަޅު ނިއުޓްރިއެންޓްސް ލިއްބައިދޭ މޮއިސްޗަރައިޒިން ބޮޑީ ސޯޕެއް ބޭނުންކޮށްގެ ސާފުކުރުން އެދެވިގެން ވެއެވެ.

ރަނގަޅު ކާނާ ކެއުން

ރީތި ހަންގަނޑަކަށް އެންމެ މުހިންމީ ސިއްހަތަށް ފައިދާ ހުރި ކެއުމެވެ. ނިއުޓްރިޝަން އާއި މިނަރަލްސް އާއި ޕްރޮޓީންސް ހިމޭނޭ ކެއުންތައް ބޭނުންކުރުމުގެ ސަބަބުން ހަންގަޑަށް ބޭނުންވާ ރައްކާތެރިކަން ލިބެއެވެ. އަދި ބައެއްކަހަލަ ކާ ބޯތަކެތިން ލިއްބައިދޭ މާއްދާތަކުގެ ސަބަބުން އަލްޓްރާ ވައިލެޓް ގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދެއެވެ.

ގިނައިން ހިނިތުންވުން

ހިނިތުންވުމުން ލިބޭ ފައިދާތައް  އަހަރެމެން ގިނަ ފަހަރަށް ހަނދާން ނުހުރެދާނެއެވެ. އާދައިގެ ހިނިތުން ވުމެއްގެ ސަބަބުން ލޭ ދައުރުވުން ރަނގަޅުކޮށްދެއެވެ. އޭގެ ސަބަބުން ހަންގަނޑަށް ގިނަ އޮކްސިޖަން އާއި ނިއުޓްރިއެންޓްސް ލިބެއެވެ. އޭގެ ސަބަބުން ހާސްވުން ނުވަތަ ކަންބޮޑުވުމާއި ހާސްކަން ފިލުވާލަދީ ހަންގަނޑު އަލިކޮށްދެއެވެ.

ގިނައިން ފެން ބުއިން

ގިނައިން ފެންބުއިމަކީ  ހަނގަނޑު ރީތިކޮށް ބެހެއްޓުމަށް އެންމެ ފަސޭހަ ގޮތެވެ. އަދި ހަންގަނޑުގެ ތެއްކަން ދަމަހައްޓައިދީ އުޖާލާ ކޮށްލުމަށް ފެނަކީ  ވަރަށް މުހިންމު މާއްދާއެކެވެ. ގިނައިން ފެންބުއިމުގެ ސަބަބުން ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރުކޮށްދީ ބިހި ނެގުމާއި އޮށާޅަ ނެގުންފަދަ ކަންކަމުން ދުރުކޮށްދެއެވެ.

ގަވާއިދުން ކަސްރަތު ކުރުން

ކަސްރަތު ކުރުމުގެ ސަބަބުން ހަށިގަނޑުން ކެލެރީސް ވިރިގެންދެއެވެ. އޭގެ ސަބަބުން ހަށިގަނޑުގައި އުފައްދައިދޭ 'އެންޑޯފިން ކެމިކަލް' ގެ ސަބަބުން ސިނކުޑިއަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއެވެ.  އެ އުފާވެރި ކަމުގެ ސަބަބުން ހަންގަނޑަށް ދިރުން ގެނެސްދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.