ބަހިއްޔާ ސުކޫލު އަލުން ހުޅުވުން - ފޮޓޯ: އީޓީ

ކޮވިޑް 19 އާއި ގުޅިގެން މެދުކަނޑާލި އޭދަފުށީ ބަހިއްޔާ ޕްރީ ސުކޫލުގައި ބޭބީ ނާސަރީ އާއި ނާސަރީ ކުލާސްތައް އަލުން ފަށައިފިއެވެ.

މިއަދު އެ ސުކޫލުގައި ކިޔަވައިދޭން ފެށީ 70 ދަރިވަރުންނާއެކު އެވެ. ބަހިއްޔާ ސުކޫލް އަލުން ފެށީ އެމް.އޭ.އެމް ޕްރީ ސުކޫލު (ބަހިއްޔާ ކެމްޕަސް) ގެ ނަމުގައެވެ. އެތަނުގައި މިއަދު ކިޔަވައިދޭން ފަށާފައިވަނީ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

2018 ވަނަ އަހަރުން ފެށިގެން ބަހިއްޔާ ޕްރީ ސުކޫލުގައި ނާސަރީ ކުލާސްތައް ހިންގުމަށް ހަވާލުކޮށްފައި އޮތީ މައި ކޮލެޖާއެވެ. ކޮވިޑް 19 އާއި ގުޅިގެން އެތަން ބަންދުކޮށް 2020 ވަނަ އަހަރު އޭދަފުށީ ކައުންސިލުން ވަނީ މައި ކޮލެޖާއި އެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައެވެ.

ބައިޔާ ކެމްޕަސްގައި މިއަދު ކިޔަވައިދޭން ފެށުން - ފޮޓޯ: އީޓީ

އޭގެ ފަހުން 2021 ވަނަ އަހަރު އަލުން ނާސާރީ ކުލާސްތައް ފެށުމަށް ކައުންސިލުން ހަވާލުކުރީ ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އެވެ. އެހެންނަމަވެސް ކިޔެވުން ނުފެށި ގިނަ ދުވަސް ވުމާއި ގުޅިގެން މި އަހަރުގެ ކުރީކޮޅު އަލުން އެ އެއްބަސްވުން ބާތިލުކޮށް ނާސާރީ ކުލާސްތައް ހިންގުމަށް ހަވާލުކުރީ މެރިޓައިމް އެކަޑަމީއާއެވެ.

މެރިޓައިމް އެކަޑަމީން ބަހިއްޔާ ޕްރީ ސްކޫލުގައި ނާސަރީއާއި ބޭބީ ނާސަރީގެ އިތުރުން ތައުލީމީ ދާއިރާއާ ގުޅޭ ތަފާތު ކޯސްތަކާއި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.

1
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.