ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ވީޑީއޯއެއްގެ ތުހުމަތުގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު މަގާމުން ވަކިކޮށްފި އެވެ.

ރާފިއު މަގާމުން ވަކިކުރިކަން އިސްލާމިކް މިނިސްޓްރީންނާއި ރައީސް އޮފީހުންވެސް 'ޖަޒީރާ' އަށް ވަނީ ކަށަވަރުކޮށްދީފައެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާއަށް ލީކުކުރަމުންދާއިރު އެފަދަ އިތުރު ވީޑއިއޯއެއް ރޭ ވަނީ އަނެއްކާ ވެސް ލީކުކޮށްލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ބަންގްލަދޭޝްގެ އަލަމްގިރިއާއެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގި ކޮޓަރިއަށް ގޮސް އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި ވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ އިބްރާހިމް ރާފިއު (ރާއްޕެ) އެވެ. އޭނާ އަކީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު ވެސް މެއެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު 'ޖަޒީރާ' އަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި ރާފިއު، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން އިއްޔެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރީ ވީޑިއޯ އާންމުވުމުގެ ކުރިން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މައްސަލައެއް ފެންމަތިވެފައިމިވަނީ، ދާދި ފަހުން ބަންގްލަދޭޝްގެ އަލަމްގީރާއެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވުމާއި ގުޅިގެންނެވެ.

މިހާތަނަށް މީގެ 5 ވީޑިއޯއެއް އާންމުވެފައިވާއިރު، މިހާތަނަށް ހައްޔަރުކޮށްފައިވަނީ 4 މީހެއެކެވެ. އެއީ މި ނެޓްވޯކުގެ ހެޑް އަލަމްގީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރު އާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުއެވެ.

އަލަމްގީރާއެކު ގިނަ ބަޔަކު އެއް ޖިންސުން ގުޅުން ހިންގައި، ވީޑިއޯ ކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.