ފޮޓޯ / އަދަދު

ބައިނަލްއަޤުވާމީ ޔޯގާ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކޮށްފައިހުރި ޝައިޚް އާދަމް ނިޝާން މުޙައްމަދު ބަންދުން ދޫކޮށްލައިފިއެވެ.

ބަންދުގައި ހުންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ނިޝާން، ބަންދުން ދޫކޮށްލީ، ކްރިމިނަލް ކޯޓުން ޝަރުތުތަކެއް ކުރުމަށްފަހުގައެވެ. އެގޮތުން މާލެއިން ބޭރަށް ވަޑައިނުގަތުމާއި، ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގެވުމާއި، ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައިފިނަމަ ހާޒިރުވެވަޑައިގަތުމަށް ކޯޓުންވަނީ ޝަރުތުކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ނިޝާން އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހަމަނުޖެހުން ހިންގި މީހުންނާ މުއާމަލާތްކޮށް އެކަމަށް ހިތްވަރު ދިނުމަށް ސޯޝަލްމީޑިއާގައި މަސައްކަތްކުރި ކަމުގެ ހެކިތައް ލިބިފައިވާ ކަމަށްވެސް ހައިކޯޓުގައި ދައުލަތުން އަދި ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް 23 މީހަކު ހައްޔަރުކޮށްފައިވާއިރު އެކިފަހަރުމަތިން ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އަދި ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.