އައްޑޫ ޕޮލިސް އެކަޑަމީ

އައްޑޫ ސިޓީގައި ގާއިމު ކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓްގައި ޓްރޭނިން ކޯސްތައް ފަށާފައިވާ ކަމަށް ކޮމިޝަނާރ އޮފް ޕޮލިސް އަހުމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 197 ބައިވެރިންނާއެކު އައްޑޫގައި 34 ވަނަ ޕޮލިސް އިނިޝިއަލް ޓްރޭނިން ކޯސް ފަށާފައިވާ ކަމަށެވެ.

އަލުން މުރާޖައާ ކޮށްފައިވާ ކަރިކިއުލަމަކާއި އެކު، ފުލުހުންނަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ކުރިމަތިލެވޭ ވަރުގެ ފުލުހުންތަކެއް ތަމްރީނު ކުރުން އެއީ މި ކޯހުގެ އަމާޒެއް ކަމަށް ކޮމިޝަނާރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓް ހުޅުވީ މާޗްމަހުގެ 27 ގައެވެ. އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު އައްޑޫ ސިޓީގައި ތަރައްގީ ކުރި މި ކޮލެޖަކީ ފުލުހުންގެ އިތުރުން ރާއްޖޭގެ ހުރިހާ ތަންފީޒީ އިދާރާތަކަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އިމާރާތެކެވެ.

8 ކްލާސްރޫމާއި، އެކޮމޮޑޭޝަން ބްލޮކްތަކާއި މެޑިކަލް ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕެޑާއި ޓްރޭނިން ސެންޓަރަކާއި އެކު ގާއިމުކޮށްފައިވާ މި ކޮލެޖުގައި 340 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމަކާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓެއް ތަރައްޤީކޮށްފައިވެއެވެ. އަދި 400 މީޓަރުގެ ދުވާ ޓްރެކެއްވެސް ހިމެނެއެވެ.

އެކި ރޮންގުތަކުން ތައުލީމާއި ތަމްރީނާއި ދިރާސާތައް ހެދުން މި ކޮލެޖްގައި ކުރިޔަށްގެންދަން ނިންމާފައިވާކަމަށް މީގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.