ހދ. ނޮޅިވަރަންފަރުގައި ދެ ފިރިހެނުން އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ރަށުން ދެ ފިރިހެނުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ހުށަހަޅާފައިވަނީ ޖުލައި 25 ގައި ކަމަށެވެ.
މި މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ. މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާ ކަމަށާއި، އެހެންނަމަވެސް އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.