އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް

ޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރަން ފަށައިފިނަމަ އަންނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް 10 އިންސައްތައަށް ދަށްވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާރ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވާނެ ކަމަށް ލަފާކުރެވެނީ، ސަރުކާރުން ޖީއެސްޓީ ބޮޑު ކުރަން ނިންމުމާއި ގުޅިގެން 300 އޮޕަރޭޓަރުންނާއި  ރާއްޖޭގެ ފަތުރުވެރިން އަންނަ ގައުމުތަކުގެ ފަތުރުވެރިންގެ މެދުގައި މަޓާޓޯއިން ކުރި ސާވޭއަކުންނެވެ.

މަޓާޓޯއިން ބުނީ ޖީއެސްޓީ ބޮޑުކުރުމުގެ ނަތީޖާ ރަނގަޅު ނޫން ކަމަށާއި، 2021 ވަނަ އަހަރު ބަންދުކުރި  ފަތުރުވެރިންގެ މަގްބޫލު މަންޒިލުތައް މިހާރު ހުޅުވާލާފައިވާއިރު އެގައުމުތަކަކީ ރާއްޖެއާއި ވަރަށް ވާދަވެރި ގައުމުތަކެއް ކަމަށެވެ.

ޖީއެސްޓީ ބޮޑުކޮށްފިނަމަ ރާއްޖެވެގެންދާނީ ރާއްޖެއާއި ވާދަކުރާ އެހެން ގައުމުތަކާ އަޅާ ބަލާއިރު އެންމެ ޓެކްސް ބޮޑު އެއް ގައުމަށް ކަމަށް ރާއްޖޭން ބޭރުގެ ސްޓޭކް ހޯލްޑަރުންވެސް ފާހަގަކޮށްފައިވާ ކަމަށް މަޓާޓޯއިން ބުނެއެވެ.

އެހެންކަމުން އޭގެ އަސަރު ފަތުރުވެރިކަމަށް ކުރާނެ ކަމަށާއި، ނުރަނގަޅު އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ފަތުރުވެރިކަމުގެ ވިޔަފާރި ތަކަށް، ގެސްޓް ހައުސްތަކަށް ކަމަށް މަޓާޓޯއިން ފާހަގަ ކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.