އަލަމްގީރު އާއެކު އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ތުހުމަތަށް ހޯމް މިނިސްޓްރީގެ މުވައްޒަފަކު  ސަސްޕެންޑްކޮށްފިއެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލުވަނީ މިކަން 'ޖަޒީރާ' އަށް ކަށަވަރުކޮށްދެއްވާފައެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއާއި ގުޅޭ މައްސަލައެއްގެ ތުހުމަތުގައި މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އަލަމްގީރުއާ އެކު އިތުރު ދެ ފިރިހެނަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ ލީކުކޮށްލާފައިވާއިރު، އެ ވީޑިއޯއިން ފެންނަ އެކަކަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް ތުހުމަތު ކުރެއެވެ.

ރޭ ލީކު ކޮށްލި އެ ވީޑިއޯއިން ދެން ފެންނަނީ މާލޭ ސްކޫލެއްގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރެކެވެ. އެ ޓީޗަރުވެސް މިހާރުވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯކޮށް، ބްލެކްމެއިން ކުރި ކަމުގެ ތުހުމަތު ކުރެވޭ އަލަގީރްގެ ނެޓްވޯކްގައި ހިމެނޭ ކަމަށް ތުހުމަތުކޮށް މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަލަމްގީރުގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެކެވެ. މި ހަތަރު މީހުންވެސް ބަނދުގައި ބަހައްޓަން ކޯޓުން ވަނީ މުއްދަތު ދީފައެވެ.

އަލަމްގީރާއެކު 200 އަށް ވުރެ ގިނަ މީހުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް އަޑުފެތުރިފައިވާއިރު އޭނާ ވަނީ އެމީހުންނާއެކު ގުޅުން ހިންގާ މަންޒަރު ވީޑިއޯ ކޮށްފައެވެ. އެ ވީޑިއޯތަކުގެ ފޮރެންސިކް އެނަލައިސިސް އިން ކަށަވަރުވާ އެންމެން ހައްޔަރުކުރަން ފުލުހުން ދަނީ މަސައްކަތްކުރަމުންނެެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.