ދ. ކުޑަހުވަދޫގައި މަންޓާ އެއާ ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުންތަކެއް ހިންގި މައްސަލާގައި އެ ރަށުން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި އެންމެންގެ މުއްދަތު ޖެހުމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން ރޭގެ ވަގުތެއްގައިވަނީ އެންމެންވެސް ދޫކޮށްލީ ރަށު ބަންދަށް 15 ދުވަސް ޖެހުމަށްފަހުއެވެ.

ކުޑަހުވަދޫގައި މަންޓާ އެއާ އާއި ދެކޮޅަށް މުޒާހަރާކޮށް، އެ އެއާލައިނުން ހިންގާ ދާލު އެއާޕޯޓް ކައިރީގައި ބަޔަކު މުޒާހަރާކުރަން ފެށީ، ހާޓްއެޓޭކެއް ޖެހުނު މީހަކު މަންޓާ އެއާ އިން މާލެ ގެންދަން ދެކޮޅު ހެދި ކަމަށް ބުނެއެވެ.

މަންޓާ އެއަރއިން ބުނީ އެ އެއާލައިންގެ ދަތުރުތައް ކުރާ ފްލައިޓްތަކަކީ ސްޓެރެޗާަގއި ބަލި މީހުން ގެންދެވޭ ގޮތަށް ފަރުމާކޮށްފައި ހުރި ފްލައިޓްތަކެއް ނޫންކަމަށެވެ. އެހެންކަމުން އެފްލައިޓުން އެގޮތަށް ބަލި މީހަކު އުފުލައިފިނަމަ އެވާނީ އޭވިއޭޝަން ގާނޫނާ ޚިލާފަށް ކުރެވޭ ކަމަކަށް ކަމުގައެވެ.

ސިވިލް އޭވިއޭޝަނުން ވަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ހުރިހާ ފްލައިޓަކުންވެސް ބަލިމީހުން އުފުލޭނެ އިންތިޒާމު، ކުރިއަށް އޮތް ތިންމަސް ދުވަހުގެތެރޭގައި ހަމަޖެއްސުމަށް މިހާރު އަންގަން ނިންމާފައެވެ،

0
0
0
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.