ވެލާނާގެ. ސަރުކާރު ގިނަ އޮފީސްތައް ހުންގަމުންދާ އިމާރާތެއް | ފޮޓޯ: ސަން.އެމްވީ

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުވާ ތައުލީމީ ދާއިރާގެ މީހުން މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލަކު މީޑިއާ ގްރޫޕްގައި ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލަ އާއި ގުޅޭގޮތުން ފުލުހުން ފާހަގަކޮށްފައިވާ ފަރާތްތައް މިހާރު ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

Eh jinsun gulhun hingi massla aa gulhey gothun Police in faahaga kohfaivaa faraaiythah mihaaru vanee suspend kurevifa. Police in dhanee e massala thahugeegu kuramun.

އެއްޖިންސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެން ތައުލީމީ ދާއިރާގެ ބަޔަކު ސަސްޕެންޑްކޮށްފައި މިވަނީ އަލަމްގީރާއެކު ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގަނިކޮށް ލީކުވެފައިވާ ވިޑިއޯއެއްގައި ޓީޗަރަކު ފެންނަކަމަށް ރާއްޖޭގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ.

ވީޑިއޯ ނަގައި ބްލެކްމެއިލް ކުރިކަމުގެ މައްސަލައިގައި ބަންގްލަދޭޝްގެ އަލަމްގީރު މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.

އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯކޮށް، ބްލެކްމެއިން ކުރި ކަމުގެ ތުހުމަތު ކުރެވޭ އަލަގީރްގެ ނެޓްވޯކްގައި ހިމެނޭ ކަމަށް ތުހުމަތުކޮށް މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަލަމްގީރުގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެކެވެ. މި ހަތަރު މީހުންވެސް ބަނދުގައި ބަހައްޓަން ކޯޓުން ވަނީ މުއްދަތު ދީފައެވެ.

އަލަމްގީރާއެކު 200 އަށް ވުރެ ގިނަ މީހުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް އަޑުފެތުރިފައިވާއިރު އޭނާ ވަނީ އެމީހުންނާއެކު ގުޅުން ހިންގާ މަންޒަރު ވީޑިއޯ ކޮށްފައެވެ. އެ ވީޑިއޯތަކުގެ ފޮރެންސިކް އެނަލައިސިސް އިން ކަށަވަރުވާ އެންމެން ހައްޔަރުކުރަން ފުލުހުން ދަނީ މަސައްކަތްކުރަމުންނެެވެ.

0
0
-1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.