ރާއްޖެ އެތެރެ ކޮށްފައިވާ ހާގެންޑާސް އައިސްކްރީމްތަކެއް ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާ މައްސަލައެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލަން ފަށައިފިއެވެ.

އެއޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ "ޕެސްޓިސައިޑުން ތަޣައްޔަރުވެފައި ހުރި ފަރަންސޭސިވިލާތުގެ ހާގެންޑާސް ބްރޭންޑްގެ އައިސްކްރީމް ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ 'ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް' އިން ލިބިފައިވާ ކަމަށެވެ.

މި އެލާޓާއި ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރަމުންދާ ކަމަށްވެސް އެ ނޫސްބަޔާނުގައި ވެއެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތިރީގައިވާ ބެޗްތަކުގެ އައިސްކްރީން ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އެއޮތޯރިޓީން ވަނީ އަންގާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.