މިއަހަރުން ފެށިގެން އަލަށް ނަގަން ފެށި ޑިޕާޗާ ޓެކްސްގެ ގޮތުގައި ޖޫން މަހުގެ ނިޔަލަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޑިޕާޗާ ޓެކްސް ގެ ގޮތުގައި ނަގަނީ އިކޮނޮމީ ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 30 ޑޮލަރެވެ. ބިޒްނަސް ކުލާހުގައި ދަތުރު ކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރެވެ.

ފަސްޓް ކްލާސް ޓިކެޓްގައި ދަތުރު ކުރާނަމަ ބިދޭސީންނާއި ދިވެހިންގެ އަތުންވެސް ނަގަނީ 90 ޑޮލަރެވެ. ޕްރައިވެޓް ޖެޓްތަކުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގަނީ 120 ޑޮލަރެވެ.

މީރާއިން އާންމުކޮށްފައިވާ ޖޫން މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހު އެކަނި ޑިޕާޗާ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނީ 60 މިލިއަން ރުފިޔާއެވެ.

ޑިޕާޗާ ޓެކްސް ތައާރަފު ކުރީ 2016 ވަނަ އަހަރުން ފެށިގެން ނަގަމުން ދިޔަ އެއާޕޯޓް ސާވިސް ޗާޖް  ނެގުން ހުއްޓާލުމަށްފަހު އެވެ.

އޭރު އެއާޕޯޓް ސާވިސް ޗާޖަކީ ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާމީހުންގެ އަތުން ނަގަމުން އައި ފީއެކެވެ. އޭގެ ބަދަލުގައި އަލަށް ތައާރަފް ކުރި ޑިޕާޗާ ޓެކްސް، ރާއްޖޭގެ ހުރިހާ އެއާޕޯޓްތަކުން ކުރާ ބައިނަލްއަގްވާމީ ދަތުރުތަކަށް ނަގާ ގޮތަށް ހަމަޖެއްސިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރު އައްޑޫސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުންވެސް މި ޓެކްސް ނަގާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.