ތ. ގާދިއްފުށީ ކައުންސިލުގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް، މިނިސްޓަރ އަހުމަދު މަހުލޫފު ފައްޓަވައިފިއެވެ.

ތ. ގާދިއްފުށީ ކައުންސިލްގެ ބައި އިލެކްޝަންގެ ކެމްޕޭންގައި މިނިސްޓަރ މަހްލޫފާއި މެންބަރު ރާއީ ބައިވެރިވަޑައިގެންނެވުން
އޮގަސްޓު 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގާދިއްފުށި ކައުންސިލަށް އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް، ޒުލައިޚާ އަޙްމަދަށް ކެމްޕޭނު ކޮށްދެއްވުމަށް މަހުލޫފުވަނީ ދޮރުން ދޮރަށް ހިންގަވާފައެވެ.

ތ. ގާދިއްފުށީ ކައުންސިލްގެ ބައި އިލެކްޝަންގެ ކެމްޕޭންގައި މިނިސްޓަރ މަހްލޫފާއި މެންބަރު ރާއީ ބައިވެރިވަޑައިގެންނެވުން
ކެންޑިޑޭޓް ޒުލައިހާ ( ކެންޑިޑޭޓް ނަމްބަރު 2) ގެ ކެމްޕޭނު ގައި ރައްޔިތުންގެ މަޖިލީހުގެ ހދ. މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޒުލައިޚާގެ އިތުރުން މި ބައި އިލެކްޝަނުގައި ވާދަކުރަނީ ޕީޕީއެމްގެ ކެންޑިޑޭޓުން ޙައްވާ ޢަބުދުލްހާދީ އާއި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ކެންޑިޑޭޓް ފާތިމަތު މަލްދާއެވެ.

ތ. ގާދިއްފުށީ ކައުންސިލްގެ ބައި އިލެކްޝަންގެ ކެމްޕޭންގައި މިނިސްޓަރ މަހްލޫފާއި މަޖިލީސް މެންބަރު ރާއީ ބައިވެރިވަޑައިގެންނެވުން
ގާދިއްފުށީ ކައުންސިލުގެ ބައި އިލެކްޝަނުގެ އިތުރުން މ. ދިއްގަރު ކައުންސިލުގެ ބައި އިލެކްޝަންވެސް 13 އޮގަސްޓްގައި އޮންނާނެއެވެ.
މި ބައި އިލެކްޝަނުގައި ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓް އަބުދުﷲ އާރިފް އާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލްހަންނާން އަހުމަދެވެ.