ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަންޓާ އާއި ފްލައިމީން ބަލިމީހުން އުފުލޭނެ އިންތިޒާމު ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ހަމަޖައްސަން އަންގަވަން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާ ނިންމަވައިފި އެވެ.

އޮންލައިން ނޫހެއް ކަމަށްވާ، ވަން އޮންލައިނަށް މިނިސްޓަރ ނަހުލާ މިފަދައިން ވިދާޅުވެފައި މިވަނީ ކުޑަހުވަދޫގައި ބަލި މީހަކު އެމަރޖެންސީކޮށް މާލެ ގެންނަން އުޅުމުން މަންޓާ އެއަރ އިން ގެނެސްދީފައި ނުވާކަމަށް ބުނެ އެރަށުގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ވަގުތެއްގައެވެ.

މިނިސްޓަރ ވިދާޅުވީ މަންޓާ އާއި ފްލައިމީން ކުރިޔަށް އޮތް ތިންމަހުގެ ތެރޭގައި މި އިންތިޒާމު ހަމަޖައްސަން އެ ދެ އެއާލައިން އޮޕަރޭޓް ކުރާ ފަރާތްތަކަށް އަންގަން، ސިވިލް އޭވިއޭޝަނަށް މެމޯއަކުން މިހާރު އަންގަވާފައިވާ ކަމަށެވެ. އަދި އެކަން ނުކޮށްފި ނަމަ ދެން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.

ދާލު އެއަރޕޯޓަށް ދަތުރުކުރާ މަންޓާ އިން ބަލި މީހަކު ގެންގޮސް ނުދޭ ކަމަށް ބުނެ އެރަށުގައި އިހުތިޖާޖު ކުރަމުންދާއިރު މަންޓާ އިން ވަނީ އެފަދަ ކަމަކަށް އެދިފައި ނުވާކަމަށް ބުނެފައެވެ.

މަންޓާއިން ބުނީ އެކުންފުނިން ބޭނުންކުރާ އޭޓީއާރް މަރުކާގެ ބޯޓުތައް ފަރުމާކޮށްފައި ހުންނަނީ ސްޓްރެޗާ އެރުވޭ ގޮތަށް ނޫން ކަމަށެވެ.

ނަމަވެސް މިނިސްޓަރގެ އެންގެވުމާއެކު މަންޓާއިން ވެސް ކުރިއަށް އޮތް ތިން މަސް ދުވަހުގެތެރޭގައި ބަލިމީހުން އުފުލޭނެ ގޮތް ހެދުން މަޖުބޫރުވާނެއެވެ.

 

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.