ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފޯނު ވަގަށް ނަގައިފިއެވެ.

މިކަން މަޖިލިހުގެ ކޮމިއުނިކޭޝަން ޑައިރެކްޓަރ ހަސަން ޒިޔާއު ވަނީ "ޖަޒީރާ" އަށް ކަށަވަރުކޮށްދެއްވާފައެވެ.

ޒިޔާއު ވިދާޅުވީ ރައީސް ނަޝީދު އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި މިއަދު މެންދުރު ފަރިއްކުޅުއްވަން ހުންނަވަނިކޮށް ފޯނު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެކަން މިހާރު ބަލަމުންދާކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ.

ފަރިއްކުޅުއްވަން އިންނަވަނިކޮށް ފޯނު ވަގަށް ނަގައިގެން، އެމީހަކު އެހިފައިގެން ދިޔައީ"

ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ރައީސް ނަޝީދުގެ ފޯނު ގެއްލުނުކަން އަންގާ އެމަނިކުފާނުގެ ދަރިކަނބަލުން ފޮނުވި މެސެޖެއް ހިއްސާކުރައްވާފައެވެ.

އެ މެސެޖުގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދު އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ފަރީކުޅުއްވަން ހުންނަވަނިކޮށް މީހަކު އައިސް ރައީސް ނަޝީދުގެ ފޯނު ޖަހައިގެން ވަނީ ފިލާފައެވެ. އަދި އެ ނަމްބަރު ބްލޮކްކޮށްދިނުމަށް ރައީސް ނަޝީދުގެ ދަރިކަނބަލުން އެދިފައިވެއެވެ. ރައީސް ނަޝީދުގެ ނަމްބަރު މިހާރު ވަނީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުން ރިމޫވް ކޮށްފައެވެ.

ރައީސް ނަޝީދުގެ ފޯނު ގެއްލިފައި މިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް އަޅުއްވައި އެމަނިކުފާނުގެ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ރައީސްގެ ފޮޓޯތަކެއް ހުންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވެ އެލާންވީތޯ ވަޓްސްއެޕް ގްރޫޕެއްގައި އައްސަވާފައި މިވަނީ ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ތުހުމަތުވާ އެއްޖިންސުން ބިދޭސީއަކާ ގުޅުންހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގެ އާންމުވެ އެމައްސަލައިގަ ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނިކޮށެވެ.

އެކަމުގައި ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.